Fuluhunge Headquarter kurimathin vagah negi cycle eh hoadhan aanmunge ehee ah edhijje
image
ޝަހީދު ހުސެއިން އާދަމް ބިލްޑިންގް-- ފޮޓޯ: ރާއްޖެ އެމްވީ
2 ކޮމެންޓް
 

ފުލުހުންގެ މައިމަރުކަޒު ކުރިމަތިން ވަގަށް ނެގި ސައިކަލެއް ހޯދަން އާންމުންގެ އެހީއަށް

ފުލުހުންގެ ހެޑްކުއާޓާ ހުންނަ ޝަހީދު ހުސެއިން އާދަމް ބިލްޑިން ކުރިމަތިން ވަގަށް ނެގި ސައިކަލެއް ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.
ފުލުހުން ކުރި ޓްވީޓުގައި ބުނީ، ރޭ 10:30 ހާއިރު ޝަހީދު ހުސެއިން އާދަމް ބިލްޑިން ކުރިމަތިން ގެއްލިފައި ވަނީ ރަތް ކުލައިގެ ހޮންޑާ ވޭވް 125 އެސް އެއް ކަމަށެވެ.

ގެއްލިފައިވާ ސައިކަލުގެ ރަޖިސްޓްރީ ނަމްބަރަކީ AAOA P1110 ކަން ހާމަކޮށް ފުލުހުން ވަނީ ސައިކަލު ފެނިއްޖެނަމަ ފުލުހުންނަށް އެންގުމަށް ވެސް އެދިފައެވެ.

މިފަހަކަށް އައިސް ސައިކަލު ވަގަށް ނެގުން ވަރަށް ބޮޑަށް އާންމުވެފައިވާއިރު ދާދި ފަހުން ވަނީ ވަގަށް ނެގި ސައިކަލެއް ވިއްކާލުމަށް ފޭސްބުކް ޕޭޖެއްގައި ޖަހާފައި ވަނިކޮށް ފެނިފައެވެ. ވަގަށް ނެގި ރޭ ސައިކަލު ވިއްކާލުމަށް ޕޯސްޓްކުރިއިރު އެއީ ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގުނީ ފުލުހުން އެ ސައިކަލު ހޯދުމަށް އާންމުންގެ އެހީއަށް އެދުމުންނެވެ.

ފުލުހުން ސައިކަލު
ހިޔާލު

އެމްޑީޕީ.

ކޮބާތަ އެތާގައިހުރި ކެމެރާތައް؟

ސައިކަލު

ބަލަ ތިޔަތަނުގެ ބޭރުގައި ކެމެރާހަނޑެއްވެސް ނުހުންނަނީތަ؟