Anna Hoama dhuvahu PG Bishaam Judiciary committee ah haaziru kuranee
image
ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތް ބިޝާމް -- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

އަންނަ ހޯމަ ދުވަހު ޕީޖީ ބިޝާމް ޖުޑީޝަރީ ކޮމެޓީ އަށް ހާޒިރުކުރަނީ

އަންނަ ހޯމަ ދުވަހު، ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އައިޝަތު ބިޝާމް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ހާޒިރުވާން އަންގައިފިއެވެ.
ޖުޑީޝަރީ ކޮމެޓީގެ ނައިބު މުގައްރިރު ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ބައެއް މީޑިއާތަކަށް ވިދާޅުވެފައިވާގޮތުގައި އެކި މައްސަލަތަކާ ގުޅިގެން ސުވާލުކުރުމަށް އަންނަ ހަފުތާގެ ހޯމަ ދުވަހު، މަޖިލީހަށް ހާޒިރުވާން މިހާރު ބިޝާމަށް ވަނީ އަންގާފައެވެ.

ކުރިން ޕީޖީ ބިޝާމަށް އަންގާފައި އޮތީ މި ހަފުތާގައި ޑީޝަރީ ކޮމެޓީއަށް ހާޒިރުވުމަށެވެ. އެކަމަކު ރަސްމީ ދަތުރެއްގައި ދުބާއީއަށް ވަޑައިގަންނަވަން ޖެހިފައިވާކަން ބިޝާމް މަޖިލީހަށް އަންގާފައިވާތީ، އޭނާ މަޖިލީހަށް ހާޒިރުކުރުން މިހާރު ވަނީ ފަސް ކުރެވިފައެވެ.

ބިޝާމް ހާޒިރުކޮށް، ޓެރަރިޒަމްގެ ގާނޫނާ ހިލާފަށް ގިނަ ބަޔަކަށް ދައުވާ ކުރީ ކީއްވެތޯ އާއި ޕްރޮސެކިއުޓްރަލް ގައިޑްލައިނާ އެއްގޮތަށް އަމަލުނުކުރާ ސަބަބު އަދި ގިނަ ދުވަސްތަކެއް ވަންދެން ޝަރީއަތަކާ ނުލާ ބަންދުގައި މީހުން ބައިތިއްބާ މައްސަލައާ ގުޅިގެން ސުވާލުކުރަން އެ ކޮމެޓީން ވަނީ ނިންމާފައެވެ.
މަޖިލިސް ޕީޖީ
ހިޔާލު