Ferry ehgai masthuvaathakethi ethere kuri anhenaku hulhumeedhoo in hahyaru kohfi
image
ފުލުހުން ހިނގި އޮޕަރޭޝަނެއްގެ ތެރެއިން-- ފޮޓޯ: ފުލުހުން
0 ކޮމެންޓް
 

ފެރީ އެއްގައި މަސްތުވާތަކެއްތި އެތެރެކުރި އަންހެނަކު ހުޅުމީދޫން ހައްޔަރުކޮށްފި

އައްޑޫ ސިޓީ، ހުޅުމީދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 30 އަހަރުގެ ދިވެހި އަންހެނެކެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ، ފޭދޫ އިން ފުރައިގެން ހުޅުމީދޫއަށް ދަތުރުކުރަމުންދާ ފެރީއެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއެކު މިމަހުގެ 15 ގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ހުޅުމީދޫ ބަނދަރުމަތިން އެމީހާ ހައްޔަރުކުރިއިރު އޭނާ ބަލާފާސްކުރުމުގެ ތެރެއިން އޭނާގެ އަތުގައި އޮތް ދަބަހަކުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިހާރު ފުލުހުން އެމައްސަލަ ތަހުގީގުކުރަމުން އަންނައިރު ފުލުހުން ބުނީ، އެމީހާގެ ބަންދާ މެދު ގޮތެއް ނިންމަން ހުޅުމީދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
ހިޔާލު