Kilo akah vure gina drug aa eku kujjakaai 2 meehun hayyaru koffi
image
ފުލުހުން ގެއެއް ބަލާ ފާސްކުރަނީ-- ފޮޓޯ: ފޮލިސް
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ކިލޯއަކަށް ވުރެ ގިނަ ޑްރަގާއެކު ތިން މީހަކު ހައްޔަރުކޮށްފި

އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކާއި 18 އަހަރު ނުފުރޭ ކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެދެމީހުންނާއި 18 އަހަރު ނުފުރޭ ކުއްޖާ ހައްޔަރުކޮށްފައި ވަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހެންވޭރުގެ ގެއަކުން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 38 އަހަރުގެ ފިރިހެނަކާއި 48 އަހަރުގެ ފިރެހެނެއް އަދި 18 އަހަރު ނުފުރޭ ކުޑަ ކުއްޖެކެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރުކުރި އެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއް ކިލޯއާއި 146 ގްރާމުގެ އެއްޗެހި ފެނިފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ދަނީ މިހާރު އިތުރަށް ތަހްގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހިޔާލު

Hussain

ބަލަ މި މީހުންގެ ނަމާއި އެޑްރެސް ވެސް ހަކޮށްބަލަ. ތި ކުރާކަމަކީ ފުލުހުންގެ މަސައްކަތް އިޝްތިހާރު ކުރުން ނޫނީ ފުލުހުން ނަށް ވިއްކަން އަލަށް ލިބުނު މުދަލުގެ އިޝްތިހާރުކޮށްލުމެވެ. ފަހަރަކު ވެސް ޑްރަގް ވިޔަފާރި ހުއްޓުވުމެއް ނޫނެވެ.