Supreme Court ge fandiyaarunnah ihusaasvaan feshee 'thiri thahttah' thirivi hisaabun: MP Nazim
image
ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް)--
4 ކޮމެންޓް
 

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިހުސާސްވާން ފެށީ ތިރިތައްޓަށް ތިރިވި ހިސާބުން: ނާޒިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ގޯސްކޮށް، ކަންކަން ކުރެވިފައިވޭ ކަމުގެ އިހުސާސް ކުރެވެން ފެށީ "ތިރިތައްޓަށް" ތިރިވި ހިސާބުން ކަމަށް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ބާރުތައް ސުޕްރީމް ކޯޓުން ނިގުލައިގަނެފައިވާތީ، އަލުން އެބާރުތައް އަނބުރާ އިއާދަ ކުރުމަށްޓަކައި، ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެޗްއާރުސީއެމްގެ ކުރީގެ މެމްބަރު ޖީހާނު މަހްމޫދު މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރައްބަމުން ނާޒިމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ހީފުޅުވެފައި އޮތީ އެބޭފުޅުންނަކީ، އެއްވެސް ފަރާތަކަށް "އަތް ނުލެވޭނެ" ބަޔެއްގެ ގޮތުގައެވެ.

"އެބޭފުޅުންނަށް މިކަން އިހުސާވެގެންދިޔައީ އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުގެ ތެރެއިން ދެ ފަނޑިޔާރަކު ޖަލަށްލި ހިސާބުން. އެކެއް ފެބްރުއަރީގެ ހުކުމާ ގުޅިގެން ދެ ފަނޑިޔާރުން ޖަލަށްލެވުނު. އަޅުގަނޑާއެކީގަ ކައިރީގަހުރި ގޮޅިއަކަށް ލެވުނު. އެބޭފުޅުން ގަލޯހާޖާ ކުރުމަށްޓަކައި ތިރިތައްޓަށް ތިރިވި ހިސާބުން ފެށިގެން އެބޭފުޅުންނަށް އިހުސާސްކުރެވުނީ، ހަގީގަތުގައިވެސް ތިމަންނަމެންނަށް މިކުރެވުނީ ރަނގަޅުކަމެއް ނޫނޭ. ސުޕްރީމް ކޯޓުގައި ތިއްބެވިއިރުގަ އެބޭފުޅުންނަށް ހީފުޅެއް ނުކުރެވޭ އެބޭފުޅުން ޖަލަށްލާފާނެ ކަމަކަށް. އެހެންނަމަވެސް އެބޭފުޅުން އެތަނަށް (ތިރިތައްޓަށް) ތިރިވި ވަގުތު، އަޅުގަނޑުމެންނަށް ގޮވާލާ، ކިހިނެއްހޭ ތިމަންނަ ގަލޯހާޖާ ކުރާނީ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ސުޕްރީމް ކޯޓުގައި ތިއްބެވި ބޭފުޅުން، އެބޭފުޅުންނަށް ލިބިފައިނުވާ ބާރުތަކެއްގެ ބޭނުންކޮށްގެން އެކިއެކި މިނިވަން މުއައްސަސާތައް މިވަނީ ހަލާކުކޮށްލާފައިވާ ކަމަށެވެ. އެޗްއާރުސީއެމާއެކު މިނިވަން އެހެން މުއައްސަސާތައް "ޕެރަލައިޒް" ކޮށްލާފައިވާ ކަމަށާއި، ނަތީޖާއަކީ ވޭތުވެދިޔަ ފަސް އަހަރު ރައްޔިތުންގެ ގިނަ ބަޔަކަށް އަނިޔާތައް ލިބިގެން ދިޔުން ކަމަށް ނާޒިމް ވިދާޅުވި އެވެ. ނާޒިމް ވިދާޅުވީ އޭނާއަކީ ވެސް އަނިޔާ ލިބުނު މީހުންގެ ތެރޭގައި ހިމެނޭ ފަރާތެއް ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު ދަންނަވަން ބޭނުންވަނީ، މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ބޭފުޅުންނަށްވެސް ބަދަލުވާ ދުވަސް އަންނާނެ. ތިބޭފުޅުންނަށް އަބަދަކު ތިތާނގައި ނުތިއްބެވޭނެ، ތިބޭފުޅުން ކޮށްފައިވާ ކޮށްފައިހުރި ކަންކަން މިހާރު ރަނގަޅު ކުރުމުގެ ފުރުސަތު މިއައީ،" ނާޒިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހުރިހާ އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، ގިނަ އަދަދެއްގެ ބަޔަކު ޖަލަށްލާފައި ވެއެވެ.

މިދިއަ އަހަރުގެ އެކެއް ފެބްރުއަރީގައި ވަނީ ސުޕްރީމް ކޯޓުން އަމުރުނު އަމުރާ ގުޅިގެން ފަހެއް ފެބްރުއަރީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ބޮޑެތި ސިޔާސީ ހަމަނުޖެހުންތަކެއް ހިނގާފައި ވެއެވެ.
ހިޔާލު

ޖަޒީރާމޭން

ފަނޑިޔާރު އަލީ ހަމީދަށް އެންމެ ފަސޭހައިން ތިރިތައްޓަށް ގަލޯހާޖާތް ކުރެވޭނި.

އަހުމަދު

މީނައަށްވެސް ޖަލުގެ އުދަގޫ އިޙުސާސްވިއެއްނު... އެހެންމީހުންނަށް އެކިއެކިދެރަދެއްވިއިރު އިހްސާސްނުވެ މިހާރު އެކަން އިހުސާސްވިކަން ރަގަޅު.

ޅަކީ

ވަރަށް ބަރާބަރު ކާނަލް ނާޒިމް

އަހައްމާ

ބައްލަވާ ގުދޯ ގުދޯ ނުގޮވާށެވެ. 7 ފެބްރުއަރީ 2012 ގައި ތިބޭފުޅާ ނޫންތޯ ގޮވީ އެއްވެސް ޝަރުޠަކައި ނުލާ އޭރުގެ ރައީސް އިސްތިޢުފާ ދިނުމަށް. އޭރު ވެރިކަށް ވައްޓާލާފައި ވަރަށް އުފަލުން ބޮޑު މަގާމުގައި އުޅެވޭނެ ކަމަށް ހީފުޅުނުކުރައްވަންތޯ ؟ އެހެން ނަމަވެސް ޖަލުގެ ތޭރިތަކުގައި އޮންނަޖެހުމުން ދެން އަދި ކިރިޔާ ރެއަކާވެސް މިލީ ބަޤާވާތެއް ކުރެވުނުކަމަށް އެހެން ނޫންތޯ ؟ ޖަލަށް ވެސް އޮންނާނީ މިހާރު ލާފައެވެ. ފަނޑިޔާރެކޭ ރިޓައަރ ކާނަލްއެކޭ ވަކި ތަފާތު ތޯ ؟؟