Gulhee falhun Flat gaiy meehun Housing Ministry thereygai ihuthijaaju kuranee
image
ހައުސިން މިނިސްޓްރީގެ ތެރެ-- ފޮޓޯ: ސޯޝަލް މީޑިއާ
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ގުޅީ ފަޅުން ފްލެޓު ގަތް މީހުން ހައުސިން މިނިސްޓްރީގައި އިހުތިޖާޖުކުރަނީ

ގުޅީ ފަޅުން ފްލެޓު ގަނެ ފްލެޓު ނުލިބުނު މީހުން ހައުސިން މިނިސްޓްރީ ތެރޭގައި އިހުތިޖާޖު ކުރަމުން އެބަދެ އެވެ.
ހުޅުމާލޭގައި މި ސަރުކާރުން އެންމެ ފުރަތަމަ ތަރައްގީކުރާ ފްލެޓުތަކުގެ ތެރެއިން ފްލެޓު ދޭނީ ގުޅީފަޅުން ފްލެޓު ގަނެ ފްލެޓު ނުލިބުނު 140 ފަރާތަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވިދާޅުވެފައި ވަނިކޮށް ހައުސިން މިނިސްްޓްރީ ތެރޭގައި އެމީހުން އިހުތިޖާޖުކުރަމުން ދަނީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ.

ރައީސް ސޯލިހު ވަނީ އެމީހުންނަށް ފްލެޓު ދޭނީ ގުޅީފަޅުގެ ފްލެޓުތަކަށް އެމީހުން ދެއްކި ފައިސާއިން ކަނޑާ ގޮތަށް ކަމަށް ވެސް ވިދާޅުވެފައެވެ.

ހައުސިން މިނިސްޓްރީގެ ރިސެޕްޝަން ކައިރީ ގުޅީ ފަޅުން ފްލެޓު ލިބުނު މީހުން އިހުތިޖާޖު ކުރަމުންދާ ފޮޓޯތައް ވެސް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އެކަމަކު ހައުސިން މިނިސްޓްރީގެ ބަހެއް އަދި ނުލިބޭތީ ވެގެން އުޅޭ ގޮތް ސާފެއް ނުވެއެވެ.

މިދިޔަ ހޯމަ ދުވަހު ދައުލަތުން ވަނީ ބުކިން ފީގެ ގޮތުގައި ސީ ލައިފު ކުންފުނިން ފައިސާ ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުގެ ސަބަބުން މާލީ ގެއްލުންވި މީހުންނަށް ބަދަލު ދިނުމަށް ވެސް އެއްބަސްވެފައެވެ. އެގޮތުން އެއްވެސް މަސައްކަތެއް ނުކޮށް ސީ ލައިފުން ވަނީ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ބުކިން ފީގެއް ގޮތުގައި 50،000 ރުފިޔާ އާއި އިތުރު ބައެއް މީހުންގެ އަތުން ޑައުންޕޭމަންޓު ވެސް އަތުލާފަ އެވެ.
ހިޔާލު