Majileehuga ithurufulhu hahdhavaa nama fiyavalhu alhaanan: Nasheedh
image
ރައްޔިތުން މަޖިލީހުގެ ރައީސް--
3 ކޮމެންޓް
 

މަޖިލީހުގައި ދޮގު ހައްދަވާނަމަ ފިޔަވަޅު އަޅާނަން: ނަޝީދު

ސަރުކާރުގެ އެއްވެސް ވުޒާރާއެއް ނުވަތަ އެއްވެސް މުއައްސަސާއެއްގެ ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ވަޑައިގެން ނުވަތަ މަޖިލީހުގެ ކޮމެޓީއަކަށް ހާޒިރުވެވަޑައިގެން ވިއަސް ދޮގު ނުހެއްދެވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާނަޝީދު ވިދާޅުވީ ބައެއް މުއައްސަސާތަކާއި އަދި ބައެއް ވުޒާރާތަކުން މަޖިލީހަށް ވަޑައިގަންނަވާ ބޭފުޅުން ކޮމިޓީތަކުގައި ދޮގު ހައްދަވާ ކަމަށާއި ސާފު ބަހުން ވާހަކަ ނުދައްކަވާ ކަމުގެ ޝަކުވާ ބައެއް ކޮމެޓީތަކުގެ މުގައްރިރުންގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގައި އިތުރުފުޅު ހެއްދެވުމަކީ ކުށެއް ކަމަށެވެ. އެހެންކަމުން އެކަން އެގޮތަށް ނުކުރެއްވުމަށް ދައުލަތުގެ އެންމެހާ ފަރާތްތަކަށް ނަޝީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

"ދެން ބޭފުޅަކު އެބާވަތުގެ ކަމެއް ކުރައްވާކަން ފާހަގަ ކުރެވިއްޖެނަމަ ތަހުގީގު ކުރެވޭނެ،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދެން އެފަދަ ކަމެއް އެއްވެސް އިދާރާއެއްގެ ބޭފުޅަކު ކުރައްވާކަން މަޖިލީހުގެ އިދާރާއަށް ފާހަގަ ކުރެއްވިއްޖެ ކަމަށްވާނަމަ އެކަމެއް ތަހުގީގު ކުރުމަށްފަހު ދައުވާ ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް (ޕީޖީ)އަށް ވެސް ފޮނުވާނެ ކަމަށެވެ.
ހިޔާލު

ފިރުޓޭ

ގަަދަ މީހެއް ތީ އިނގޭ ރައީސް ނަސީދު!

ކާލި

ކޮން ޕޮރޮސިކުޓާ އޮފީހަކަށް ތޯ ފޮނުވަނީ ތިޔަ އެމްޑީޕީ ޖަވަހައިން ހުކުމްކޮށް ނިންމާލަ ތިޔައީ މިހާރު އެމްޑީޕީ ޖަގަހައެއް !

ކަދުރު ފަޒުނާ

އެމް ޑީޕީ ޔަހޫދީ މައްކާރު ގައްދާޜު ޕާޓީ....