Insurance adhi health care congress eh allied in bavvany
image
2011 ވަނަ އަހަރު ބޭއްވި ކޮންފެރެންސް-- ފޮޓޯ: ރައީސް އޮފީސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އިންޝުއަރެންސް އަދި ހެލްތް ކެއާ ކޮންގްރެސް އެއް އެލައިޑުން ބާއްވަނީ

ފެޑެރޭޝަން އޮފް އެފްރޯ -އޭޝިއަން އިންޝުއަރާސް އެންޑް ރީއިންޝިއަރާސްގެ "ފެއާ މެޑިކަލް އިންޝުއަރަންސް އެންޑް ހެލްތް ކެއާ ކޮންގްރެސް" އެލައިޑް އިންޝުއަރަންސާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ގުޅިގެން ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.
"އަ ވޯލްޑް އޮފް އޮޕޮޗުނިޓީޒް" ގެ ނަމުގައި މި ކޮންފެރެންސް ބާއްވަން ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހާއި ހަމައަށް ޕެރެޑައިސް އައިލެންޑް ރިސޯޓްގައެވެ.

ފެޑެރޭޝަން އޮފް އެފްރޯ-އޭޝިއަން އިންޝުއަރާސް އެންޑް ރީއިންޝުއަރާސަކީ އޭޝިއާ އަދި އެފްރިކާ ބައްރުގެ އިންޝުއަރަންސް އަދި ރީއިންޝުއަރަންސާ ބެހޭ މައުލޫމާތު ހިއްސާކޮށް އިންޝުއަރެންސް ކުރިއެރުވުމުގެ ގޮތުން 1964 ގައި އުފެއްދި ޖަމިއްޔާއެކެވެ.

އެލައިޑުން ބުނިގޮތުގައި މިފަދަ ފުރުސަތެއް ލިބުމަކީ އެ ކުންފުނީގެ ހިދުމަތްތައް ފުޅާކުރުމަށް ލިބުނު ފުރުސަތެއް ކަމުގައެވެ.



އެމްއެމްއޭ އެލައިޑް
ހިޔާލު