40 ah vure gina faharu The Lion King belin:Shah
image
0 ކޮމެންޓް
 

40 އަށްވުރެ ގިނަ ފަހަރު "ދަ ލަޔަން ކިންގް" ބެލިން: ޝާހު

ސާޅީހަށް ވުރެ ގިނަ ފަހަރު "ދަ ލަޔަން ކިންގް" ބެލި ކަމަށް ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ޝާހު ރުކް ހާން ބުނެފިއެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޝާހު ބުނީ "ދަ ލަޔަން ކިންގް" އޭނާ އެހާ ގިނައިން ބެލީ ދަރިންނާއެކު ކަމަށެވެ. އަދި ފިލްމު އެއްކޮށް ކޮންމެ ފަހަރަކު ނުބެލި ނަމަވެސް ދަރިން އެފިލްމު ބަލާ ކޮންމެ ފަހަރު ފިލްމު ބަލާކަމަށް ޝާހު ވަނީ ބުނެފައެވެ.

“ދަ ލަޔަން ކިންގް”ގެ ލައިވް-އެކްޝަން ރީމޭކް އިއްޔެ ނެރެފައިވާއިރު ފިލްމުގެ ހިންދީ ވާޝަނުގައި މުފާސާ އަށް އަޑުއަޅާފައިވަނީ ޝާހު އެވެ. އަދި މުފާސާގެ ދަރި ސިމްބާއަށް އަޑުއަޅާފައިވަނީ ޝާހުގެ ދޮށީ ދަރިފުޅު އާރިޔަން ހާނެވެ. ފިލްމުގެ ހިންދީ ވާޝަން ނެރުމަށް ނިންމާފައިވަނީ މިމަހު މަހު 19 ވަނަ ދުވަހުއެވެ.

ޝާހު އާއި ގޯރީ ކައިވެނިކޮށްފައިވަނީ 1991 ގައެވެ. އެދެމީހުން ތިން ދަރިން ތިބެއެވެ. އެއީ 21 އަހަރުގެ އާރިޔަން އާއި 18 އަހަރުގެ ސުހާނާ އަދި ފަސް އަހަރުގެ އަބްރަމްއެވެ. އެއާއިލާ އަކީ ގިނަ ބައެއްގެ ލޯބިވާ ލިބިފައިވާ އަދި ނަމޫނާ އާއިލާ އެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
ޝާހުރުކް ހާން
ހިޔާލު