Majileehuge raees, Nasheed ingireysi vilaathuge consultunna bahdhalu kurahvaifi
image
މަޖިލީހުގެ ރައީސް، ނަޝީދު އިނގިރޭސިވިލާތުގެ ކޮންސަލްޓަންޓާ ބައްދަލުކުރައްވަނީ---ފޮޓޯ:ފޮލިސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މަޖިލީހުގެ ރައީސް، ނަޝީދު އިނގިރޭސިވިލާތުގެ ކޮންސަލްޓަންޓާ ބައްދަލުކުރައްވައިފި

ފުލުހުންގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކޮށް ތަރައްގީކުރުމަށް ފަންނީ ލަފާދެއްވުމަށް އިންގިރޭސިވިލާތުން ވަޑައިގެން އުޅުއްވާ ކޮންސަލްޓަންޓް، ޕޮލިސް ސަރވިސް އޮފް ނޯދަން އައިލެންޑްގެ ކުރީގެ ޗީފް ކޮންސްޓަބަލް، ސާ ހިއު ސްޓެފަން ރޮޑެން އޯރޑްއާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސާ ހިއު އޯޑްއާ ބައްދަލުކުރައްވާފައިވަނީ މިއަދު 11:00 ގައި ރައްޔިތުން މަޖިލީހުގެ އިދާރާގައެވެ.

ސާ ހިއު އޯޑްގެ އެ ދަތުރުފުޅަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ގޮތްތަކާއި އިނގިރޭސިވިލާތުގެ ތަންފީޒީ އިދާރާތަކާއި އެސާވިސްއާއެކު އިތުރަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން ލަފާ ދެއްވުމަށް، މޯލްޑިވްސް ޕޮލިސް ސަވިސްގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

އެ ދަތުރުފުޅުގައި، ސާ ހިއު އޯޑް ދިވެހިރާއްޖޭގެ މުހިއްމު ވުޒާރާތަކުގެ އިސް ވެރިންނާއި ބައެއް މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލު