Nafsaanee balithakuge vaahaka dhekkeyne maahauleh gaaim kuranjehey
image
ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވާހަކަފުޅު ދައްކަވަނީ--ފޮޓޯ:ރައީސް އޮފީސް
ރައްޔާން މުޙައްމަދު
1 ކޮމެންޓް
 

ނަފްސާނީ ބަލިތަކުގެ ވާހަކަ ދެއްކޭނެ މާހައުލެއް ރާއްޖޭގައި ގާއިމުކުރަންޖެހޭ: ރައީސްގެ އަނބިކަނބަލުން

ނަފްސާނީ ބަލިތަކުގެ އަސަރުކޮށްފައިވާ މީހުންނަށް އެފަދަ ބަލިތަކުގެ ވާހަކަ ދެއްކޭނެ މާހައުލެއް ރާއްޖޭގައި ގާއިމުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެ ވިދާޅުވީ ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ "މެންޓަލް ހެލްތް އެންޑް ޔަންގް ޕީޕަލް، ވަން ޑޭ މެންޓަލް ހެލްތް އެވެއާނަސް ވާކްޝޮޕް ފޯ އެޑިއުކޭޓާސް" ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހަވީރު ޝައިން ޓްރީ ބިލްޑިންގްގެ ކޮންފަރެންސް ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، މިފަދަ ވާކްޝޮޕްތައް ބޭއްވުމަކީ ނަފްސާނީ ދުޅަހެޔޮކަމާމެދު ރައްޔިތުން ހޭލުންތެރިކުރުވުމުގައި ވަރަށް މުހިންމު ރޯލެއް އަދާކުރާނެ ކަމެއް ކަމުގައެވެ.

އަދި މިކަމުގެ ސަބަބުން މުޖުތަމައުގައި ނަފްސާނީ ބަލިތަކާމެދު ދެކޭގޮތް ބަދަލުވެގެންދާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މެންޓަލް ހެލްތް އެވެއާނެސް ފައުންޑޭޝަނުން ކުރިޔަށް ގެންދިޔަ މި ވާކްޝޮޕަކީ މިއަހަރުގެ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިއާރާވެސް ވަރަށް ގުޅޭ ވާކްޝޮޕެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.

މިއަހަރުގެ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިއާރަކީ “ބަދަލުވަމުން އަންނަ ދުނިޔޭގައި ޒުވާނުން" މި މައުލޫއެވެ.

އެ ގޮތުން ފުރާވަރަށް އަރަމުން އަންނަ ދުވަސްވަރަކީ ޒުވާނުންގެ ދިރިއުޅުމަށް ނުހަނު ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެއްކަމަށާ މިފަދަ ދުވަސްވަރަކީ ސްކޫލްގެ މާހައުލުގެ ތެރެއިން ނަފްސާނީ ކަންކަމާގުޅޭ ހިދުމަތްތަކުގެ ބޭނުން އެންމެ ބޮޑަށް ޒުވާނުންނަށް ބޭނުންވާނެ ދުވަސްވަރެއް ކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

އަދި އުނގަންނައިދޭ ފަރާތްތަކާއި، މުޖުތަމައުގެ އެކިއެކި ފަރުދުންނާއި، އާއިލާތަކުން ގުޅިގެން މަސައްކަތްކޮށްފިނަމަ، ނަފްސާނީ ބަލިތަކުން އަރައިގަތުމަށް މަސައްކަތްކުރާ ފަރާތްތަކަށް ނުހަނު ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ ވިދާޅުވި އެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާލިބޭނެ ހާއްސަ އިންތިޒާމުތައް ހަމަޖައްސައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ މުހިންމު ވައުދެކެވެ.
ހިޔާލު

އިހުސާނާ

މިހާރު ސައިން ޓްރީ އަކީ މިހާރުގެ ރޫލިންގ ފެމިލީ އާ ގުޅުން ހުރި ތަނެއް ކަމަށް ބެލެވެނީ އިނގޭ!