Congo gai Ebola fethureythee Raajjeyn Rahkaatheri kamuge fiyavalhu alhanee
image
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ކޮންގޯގައި އެބޯލާ ފެތުރޭތީ ރާއްޖެއިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަނީ

ޑިމަކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ގައި ހަލުވިކަމާ އެކު އެބޯލާ ފެތުރެމުންދާތީ، އެބަލިން ރައްކާތެރިވުމަށް ރާއްޖެއިން ފިޔަވަޅު އަޅާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ކޮންގޯގައި ހަލުވި ކަމާއެކު އެބޯލާ ފެތުރެމުންދާތީ ޑަބްލިއުއެޗްއޯ އިން ޕަބްލިކް ހެލްތު އެމެޖެންސީއެއް މިހާރު އިއުލާނުކޮށްފައި ކަމަށެވެ. އެހެންވެ، އެ ބައްޔަށް ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަަމަށާއި އެގޮތުން އެކަމުން ރާއްޖެ ސަލާމަތް ކުރުމަށް ކުރެވެން ހުރި މަސައްކަތެއް ކުރާނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.


އެބޯލާ ހަލުވިކަމާއެކު ފެތުރުމުގެ ސަބަބުން މިހާތަނަށް ކޮންގޯގެ 1600 މީހުން ވަނީ މަރުވެފަ އެވެ.

މި ބަލީގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިހަފްތާގެ ކުރީ ކޮޅު އެގައުމުގެ ގޯމާ ސިޓީން ނެވެ. އެ ސިޓީ އަކީ މިހާރުވެސް އެތައް މިލިއަން ބައެއް ދިރިއުޅެމުންދާ ސަރަހައްދެކެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބައިނަލްއަގްވާމީ ގައުމުތަކުގެ ސަމާލުކަމަށް އެފަދަ ކަންކަން ގެނައުމަށް އަޅާ ވަރަށް މުހިންމު ފިޔަވަޅެކެވެ.
ހިޔާލު