Park kohfai oiy Car akah gehlun dheefi
image
ކާރަށް ގެއްލުންދީފައި-- ފޮޓޯ: ވަގުތު އޮންލައިން
0 ކޮމެންޓް
 

ޕާކުކޮށްފައި އޮތް ކާރަކަށް ގެއްލުން ދީފި

މާލޭގައި ހުންނަ ބަންގުލަދޭޝްގެ ހައި ކޮމިޝަނުގެ ކައިރީގައި ޕާކުކޮށްފައި އޮތް ކާރަކަށް ގެއްލުންދީފިއެވެ.
ފުލުހުން ބުނީ، ރޭ އިރުއޮއްސުނު ހާއިރު ބަންގުލަދޭޝް ހައި ކޮމިޝަނުގެ ކައިރީގައި ޕާކުކޮށްފައި އޮތް ކާރެއްގެ ފަހަތު ބިއްލޫރި ގަނޑު ތަޅާލާފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން މިހާރު ތަހުގީގުކުރަމުން އަންނައިރު އެކަމާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަން ނުވަތަ ނޫންކަން ފުލުހުން ހާމައެއް ނުކުރެއެވެ.

އެ ކާރަކީ އީ ހައި ކޮމިޝަނުގެ ކާރެއްކަން ފުލުހުން ސާފުކޮށްދީފައި ނުވި ނަމަވެސް ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި އެ ކާރަކީ ހައި ކޮމިޝަނުގެ ޑިޕްލޮމެޓިކް ކާރެކެވެ.
ފުލުހުން
ހިޔާލު