Shah Rukh Khan raajjeygai
image
ޝާހު---
1 ކޮމެންޓް
 

ޝާހު ރުކް ހާން ރާއްޖޭގައި

ބޮލީވުޑުގެ ކާމިޔާބު އެކްޓަރު ޝާހު ރުކް ހާން ރާއްޖެ އަތުވެއްޖެއެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި ޝާހު ރާއްޖެ އައިސްފައިވަނީ އޭނާގެ އަންހެނުން ގޯރީ ހާން އަދި އެދެމީހުންގެ ތިން ދަރިންނާއެކުގައެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ޝާހު ރާއްޖެ އައިސްފައިވާއިރު އެނގިފައިވާ ގޮތުގައި އޭނާ ޗުއްޓީ ހޭދަކުރަނީ ޖުމެއިރާހް ރިސޯޓުގައެވެ.

ޝާހު އެންމެ ފަހުން ފެނިގެންދިޔައީ "ޒީރޯ" އިންނެވެ. އެފިލްމުގައި ޝާހު ކުރު މީހެއް (ޑުވޯފް) އެއްގެ ރޯލުން ފެނިގެންދިޔައިރު ގިނަ ބަޔަކު މިހާރު ތިބީ އޭނާގެ ކުރިއަށް އޮތް މަސައްކަތް އިއުލާނު ކުރާނެ އިރެއްގެ އިންތިޒާރުގައެވެ.

ޝާހު އާއި ގޯރީ ކައިވެނިކޮށްފައިވަނީ 1991 ގައެވެ. އެދެމީހުން ތިން ދަރިން ތިބެއެވެ. އެއީ 21 އަހަރުގެ އާރިޔަން އާއި 18 އަހަރުގެ ސުހާނާ އަދި ފަސް އަހަރުގެ އަބްރަމްއެވެ. އެއާއިލާ އަކީ ގިނަ ބައެއްގެ ލޯބިވާ ލިބިފައިވާ އަދި ނަމޫނާ އާއިލާ އެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
ޝާހުރުކް ހާން
ހިޔާލު

ފޭކު

ދެން ކީއްވެ ރާއްޖޭގަައި ހުރި ފޮޓޯ އެއް ނުޖެހުނީ