Hithadhoo in Flat libunu meehunge point list aanmukoh Shakuvaa hushahalhan hulhuvaalaifi
image
ހިތަދޫގައި ތަރައްގީކުރި ފްލެޓުތައް--
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ފްލެޓު ލިބުނު މީހުންގެ ޕޮއިންޓް ލިސްޓު އާންމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކޮށްފައިވާ ފްލެޓުތަކަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވެގެން ޕޮއިންޓް ލިބުނު މީހުންގެ ލިސްޓު އާންމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހަޅަން އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، ހިތަދޫ އަވަށުގެ ރައްޔިތުންނަށް ހާއްސަ ކުރެވުނު 150 ފްލެޓަށް އެދި 446 ފަރާތަކުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި މަރަދޫ އާއި މަރަދޫ ފޭދޫގައި ރައްޔިތުންގެ ތެރެއިން ހިތަދޫއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުންނަށް ހާއްސަކުރެވުނު 30 ފްލެޓަށް އެދި 54 މީހަކު ފޯމު ހުށަހެޅިއިރު ފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫއަށް ބަދަލުވާން ބޭނުންވާ މީހުންނަށް ހާއްސަ ކުރެވުނު 50 ފްލެޓަށް 77 މީހަކު ފޯމު ހުށަހެޅި ކަމަށް ކައުންސިލުން ބުނެއެވެ.

ފްލެޓަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވެގެން ޕޮއިންޓު ދެވުނު މީހުންގެ ލިސްޓު މިހާރު އާންމުކޮށްފައިވާއިރު އެ ލިސްޓު އައްޑޫ ސިޓީ ކައުންސިލުގެ ވެބްސައިޓުންނާއި އަވަށު އޮފީސްތަކުގެ އިތުރުން އެ ވަށުގެ ނޯޓިސްބޯޑުން ވެސް ފެންނާނެ ކަމަށް ބަޔާނުގައި ބުނެއެވެ.

މިމަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެ ލިސްޓާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ހުށަހަޅަން ޖެހެއެވެ. އެގޮތުން ޝަކުވާ ހުށަހަޅަން ޖެހޭނީ ސިޓީ އުރައިގެ ބޭރުގައި، "އައްޑޫ ސިޓީގެ އޭ ކެޓަގަރީގެ ފޯމުތަކާއި ގުޅޭ" ޖެހުމަށް ފަހު ކަމަށް ވެސް ބަޔާނުގައި ފާހަގަކުރެއެވެ.

އޭގެ އިތުރުން ބަޔާކުގައި ބުނީ، އެ ފްލެޓުތައް ލިބޭ މީހުން އާންމުކުރާނީ ހުށަހަޅާ ޝަކުވާތަކާއި ގުޅިގެން ސާފުކުރަން ޖެހޭ ކަމެއް ވާނަމަ އެކަން ސާފުކޮށް މިހާރު ލިބިފައިވާ ޕޮއިންޓުތަކަށް އުނި އިތުރުކުރުމެއް ގެންނަން ޖެހޭނަމަ އެބަދަލުތަށް ވެސް ގެނައުމަށް ފަހު ކަމަށެވެ.
އައްޑޫ ސިޓީ ފްލެޓް
ހިޔާލު