Milandhoo school ge 3 class in ceiling vetti, school in current kendhifai
image
މިލަންދޫ ކުލާސްރޫމެއްގެ ސީލިންގް ވެއްޓިފައި---ފޮޓޯ: ސޯޝަލް މީޑިއާ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މިލަންދޫ ސުކޫލުގެ ބެއް ކުލާސްތަކުގެ ސީލިންގު ވެއްޓި، ސުކޫލުން ކަރަންޓު ކެނޑިފައި

ށ. މިލަންދޫ ސުކޫލުގެ ދަރިވަރުން ކިޔަވަމުން ދަނިކޮށް ތިން ކުލާހުގެ ސީލިންގު ވެއްޓި އަދި ސުކޫލުން ވެސް ކަރަންޓު ކެނޑިއްޖެއެވެ.
މިލަންދޫ ކައުންސިލްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ސީއެންއެމް އަށް ވިދާޅުވީ އެހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު އަށެއް ޖަހާކާއިރު ކުދިން ކުލާސް ރޫމުގައި ތިއްބާ ކަމަށެވެ.

އެގޮތުން ތިން ކުލާސް ރޫމެއްގެ ސީލިންގް ވެއްޓިފައިވާއިރު ސީލިންގް ވެއްޓުނީ ވައިގަދަވުމުގެ ސަބަބުން ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން ސުކޫލުގައި ކަރަންޓުގެ މައްސަލަވެސް ދިމާވެފައިވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

"ކަރަންޓުގެ މައްސަލަ ވެސް ދިމާވެފަ އޮތީ، މުޅި ސުކޫލުން ވަނީ ކަރަންޓު ކެނޑިފަ ގާތްގަނޑަކަށް، ބައެއް ފުލޯ ތަކުގައި ކަރަންޓެއް ނެތް، ވިއްސާރަ ވެހޭތީ ތަންތަނުން ފެންވަދެ ކަރަންޓް ނުހިފަހައްޓަނީ އަސްލު" ޝިޔާމް ވިދާޅުވިއެވެ.

އެހާދިސާއަށް ފަހު ސުކޫލުގެ ކިޔެވުން އިންޓަވަލް ފަހު ސުކޫލު ބަންދުކޮށްފައިވާ ކަމަށް ޝިޔާމު ވިދާޅުވިއެވެ.

ލައިބްރަރީއާއި 27 ކްލާސްރޫމާއި ލެބޯޓްރީއާއި އޮފީސް އިމާރާތަކާއި އެކު 57 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ އިމާރާތުން މީގެ ކުރިން ވެސް އެތައްފަހަރެއްގެ މަތިން ވަނީ ސީލިންގް ވެއްޓިފައެވެ.

ރާއްޖެއަށް ކުރަމުންދާ މިދާ ވިއްސާރައިގައި މިލަންދޫއަށް ވެސް ވަރަށް ވިއްސާރަކުރާކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ ރަށުގެ ބައެއް މަގުތަކުގައި ފެން ބޮޑުވެފައިވާ ކަމަށާއި ބައެއް ގޭގެއަށް ފެން ވެސް ވަދެފައިވާ ކަމަށެވެ.
ށ. މިލަންދޫ ސްކޫލް
ހިޔާލު