Vahkan kuri kamuge thuhumathugai Thohdoo gai meehakah aniyaa kohfi
image
ދައުރުވަމުންދާ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް--
2 ކޮމެންޓް
 

ވައްކަން ކުރި ކަމުގެ ތުހުމަތުގައި ތޮއްޑޫގައި މީހަކަށް އަނިޔާކޮށްފި

ވައްކަން ކުރި ކަމުގެ ތުހުމަތުގައި އއ. ތޮއްޑޫއަށް މަސް ދޯންޏަކުން ފޭބި މީހަކަށް ހަމަލާދީ އަނިޔާކޮށްފިއެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ ޒުވާނަކު ބިން މަތީގައި އޮވެ ރޯ މަންޒަރެވެ. އަދި ކައިރީގައި ތިބި މީހުން ވީޑިއޯކުރަމުން އޭނާ ކޮޅަށް ނަގައި ހަޑި ހުތުރު ބަހުން އޭނާއާ މުހާތަބު ކުރާ މަންޒަރެވެ.

އަދި އެހެން ވީޑިއޯއެއްގައި އެރަށު ބަނދަރު ސަރަހައްދުގައި އޭނާ ބަރަހަނާ ކޮށްފައި ހުންނަ މަންޒަރު ފެންނައިރު އޭނާގެ މޫނު މަތިން ލޭ އޮހޮރޭ މަންޒަރު ވެސް ފެނެއެވެ.

އެކަމާއި ގުޅޭ ތަފްސީލު ހޯދާލުމަށް އެރަށު ކައުންސިލުގެ ރައީސް ހަދީޖާ ނިއުޝާއަށް ގުޅާލުމުން ވިދާޅުވީ، އެއީ ދަންވަރު ހިނގި ކަމެއްކަމުން އެކަމުގެ ތަފްސީލު ނޭނގޭ ކަމަށެވެ. އެކަމަކު ތުންތުންމަތިން އިވުނު ވާހަކަތަކަށް ހަވާލާދީ އޭނާ ވިދާޅުވީ، އެކަމަކީ ރަށަށް އައި ބަޔަކު ވައްކަން ކުރުމުން އެކަމުގެ ތުހުމަތު ކުރެވޭ މީހާ ކަމަށް ރަށުގައި އަޑުތައް ފެތުރޭ ކަމަށެވެ.

އެ މައްސަލާގައި ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެމައްސަލަ މިހާތަނަށް ފުލުހުންނަށް ރިޕޯޓު ކޮށްފައި ނުވާ ކަމަށާއި އެކަމަކު، ދައުރުވަމުންދާ ވީޑިއޯތަކުގެ މައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށެވެ.

މިފަހަކަށް އައިސް ވައްކަން ކުރާ މީހުންނަށް އާންމު ރައްޔިތުން ނުކުމެ، އަނިޔާކުރުން އާންމުވެފައިވާއިރު ރައްޔިތުން ނުކުމެ އެފަދަ ކަންކަމަށް ގޮތް ނުނިންމުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
އއ. ތޮއްޑޫ ފުލުހުން
ހިޔާލު

ފުލުހުން

މަށާ ޖެހުނު ނަމަ އަތް ބިއްދާލިސް! ފުލުހަ ގެންދަޔަސް ވާކަމެ ހަރާމް މާދަމާ ދޫކޮށް ލާނެ އަނެއް ދުވަހު ކުރާ ވައްކަ މާ ބޮޑު

އަލީމާ

ހާދަވިޔާނުދާ ބައެއް ކުރިކަމެއް އިންސާނިއްޔަތު ކަމުގެ ކަންފުޅެއްވެސް ނެތް...އަމިއްލަ އަށް ގޮތް ނިންމާ މީހާއަށް ވެސް އަދަބު ލިބެންޖެހޭނެ..