Tharaggy nukoh huri Resort thah hedhumah ithuru furusatheh dheefi
image
ރިސޯޓެއް ---
1 ކޮމެންޓް
 

ތަރައްގީނުވެ ހުރި ރިސޯޓުތައް ހެދުމަށް އިތުރު ފުރުސަތެއް ޓޫރިޒަމް މިނިސްޓްރީން ދީފި

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން އެ މުއްދަތު އިތުރު ކުރުމަށް ޓޫރިޒމް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިރޭ ކުރި އިއުލާނުގައި ބުނެފައިވަނީ، ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު" ގެ ދަށުން، މިހާތަނަށް "ކޮންސްޓްރަކްޝަން ޕީރިއަޑް" ގެ މުއްދަތު އިތުރުކުރުމަށް އެ މިނިސްޓްރީއަށް ހުށަހަޅާފައިނުވާ ފަރާތްތަކަށް އެ ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި "ކޮންސްޓްރަކްޝަން ޕީރިއަޑް" ގެ މުއްދަތު އިތުރުކުރުމަށް ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

"ކޮންސްޓްރަކްޝަން ޕީރިއަޑް" މުއްދަތު ހަމަވެފައިވާ ފަރާތްތަކުން އަންނަ މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެ މުއްދަތު އިތުރުކުރުމަށް އެދި ފޯމް ހުށަހެޅުއްވުމަށްވެސް މި އިއުލާނުގައި ޓޫރިޒަމް މިނިސްޓްރީންވަނީ ބުނެފައެވެ.

ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީ ކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމާ ގުޅޭ ގަވައިދެއް ހަދައި ގެޒެޓްކޮށްފައިވަނީ މި މަސްތެރޭގައެވެ.

ޓޫރިޒަމް މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ އެކަމަކީ އިންވެސްޓަރުންގެ އިތުބާރު ބޮޑުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މިއީ ޓޫރިޒަމްގެ ބޭނުމަށް ދޫކޮށް މިހާތަނަށް ތަރައްގީކުރެވިފައި ނުވާ ތަންތަން ނިންމުމަށް ލުއި ގޮތެއް ހޯދައިދީ ހިތްވަރު ދިނުމަށް އެކުލަވާލި ގަވައިދެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ހިޔާލު

އަހުމަދު

ރ.އަތޮޅުގެ މާނަންފުށި ނަމަކަށްކިޔާރަށްނަގާފައޮތް ބަޔަކު އެރަށް ތަރައްޤީކުރަނީ ކޮންއިރަކުތޯ އަޅެ ނޫސް ވެރިޔަކު އަހާލަދީބަލަ ...