Vehicle thakugai jahaafaivaa China aid nishan fuhe nulan: Fuluhun
image
ޗައިނާ ސަރުކާރުން ފުލުހުންނަށް ދީފައިވާ ވެހިކަލެއްގައި ޗައިނާ އެއިޑް ނިޝާން ފުހެލަނީ ކަމަށްބުނެ، މީސް މީޑިއާގައި ދައުރުވާ ފޮޓޯ ---
8 ކޮމެންޓް
 

ވެހިކަލްތަކުގައި ޖަހާފައިވާ ޗައިނާ އެއިޑް ނިޝާން ފުހެނުލަން: ފުލުހުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާ ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާ ކުރި ވެހިކަލްތަކުގައި ޖަހާފައިވާ "ޗައިނާ އެއިޑް" ނިޝާން ފޮހެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުގެ ހަގީގަތް ފުލުހުން ހާމަކޮށްދީފިއެވެ.
ފުލުހުން މިރޭ ބުނީ ދައުރުވަމުންދާ ފޮޓޯއަކީ ވެހިކަލްގައި ޖަހާފައިވާ ޗައިނާ އެއިޑް ނިޝާން ވެހިކަލްގެ އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ނަގާފައިވާ ފޮޓޯއެއް ކަމަށެވެ. އަދި އެ ނިޝާން އެހެން ތަނަކަށް ބަދަލުކޮށްފައިވަނީ ފުލުހުންގެ ނަމާ ދިމާއަށް ނިޝާން އޮތުމުން ކަމަށެވެ. ފުލުހުން ބުނީ ޗައިނާއިން ދީފައިވާ ހުރިހާ ވެހިކަލެއްގައި އެ ނިޝާން އަބަދުވެސް އޮންނާނެ ކަމަށެވެ.

ޗައިނާ ސަރުކާރުން ދިވެހި ފުލުހުންނަށް ހަދިޔާ ކުރި ވެހިކަލްތަކުގައި ރަތް ކުލައިން ޗައިނާ އެއިޑްގެ ނިޝާން ޖަހާފައި ހުރެ އެވެ.
ފުލުހުން
ހިޔާލު

ހޯދާ

ބޭރަށް ނުފެންނަ ގޮތަށް، އެތެރެއަށް އަރާ މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުން ކިހިނެއްތޯ.

ސަންތި

ހޫ އިންޑިޔާ ދޭ ހަދިޔާގަ އިންޑިޔާ ނުޖަހާނެ، އަދި އަމިއްލަ އެދުމެއްވެސް ނޯންނާނެ. އެކަން އައި ޖީ އެމް އެޗް އަށް ބަލައިލީމަވެސް އެނގޭ.

ޓިންބުޑޮން

އަހަރެންނަށް ރަހުމަތްތެރިއަކު ހަދިޔާ އަކަށް ދިން ގަމީހުގެ ބުރަކަށީގައި ޖަހާފަ އެބައިން އޭނާ ދިން ހަދިޔާ އެއްކަމަށް. އެހެންވީމަ އެގަމީސް ލާން ނުކެރިގެން މިއުޅެނީ.

ޙެލޭ

ހެލިކޮޕްޓަރު ދުއްވަން އިންޑިޔާ ސިފައިން ތިބިހެން ޖީޕް ދުއްވަން ޗައިނާ ސިފައިން ނުތިބޭތަ

އަޒީމް

އިންޑިއާ އަދި ޖަޕާނުންދޭ ވެހިކަލްތަކުގަ ލޯގޯ ޖަހަން ނުޖެހި ޗައިނާ އެއިޑް ޖަހަން ޖެހުމުން މިދޭހަވަނީ ކޯއްޗެ.
އަޅުވެތިވީ އިންޑިއާގެތަ ނުވަތަ ޗައިނާގަތަ.
ބުއްދި ގަބޫލުކުރާ ހަމަތަކުގެ މަތިން ޗައިނާ އެއިޑް ލޯގޯ ފުލުސް ވެހިކަލެއްގަ އިނދެގެން ނުވާނެ، އެއީ ހަދިޔާކުރުމަށްފަހު އެވެހިކަލް ތަކަކީ ދިވެހިފުލުހުންގެ މިލްކެއް.
އެލޯގޯ ނުފުހެލެވޭނަމަ ވިލާ ކުންފުނީގެ ލޯގޯ ގާސިމް 2022އާއިއެކު ޖަހާފަ ލޯގޯ ފޮލިސްގެ އެންމެ ބޮޑު ސޮޕީޑް ބޯޓުގަވެސް ޖަހަން ޖެހޭނެ.

ފައިސާ ފައިސާ

ޢިންޑިއާއިން ދިންވެހިކަލްގެ އަދަދާއި ގާތަށްވެސް ޗައިނާއަކަށް ވެހިކަލެއް ރާއްޖެއަށް ހަދިޔާކުރެވިފައިނެތް. ޢެއިން އެއްވެސް ވެހިކަލެއްގައި އިންޑިއާގެ އެއްވެސް ލޯގޯއެއް ނުހުރޭ. ޗައިނާ މިހުން ދެއްކުންތެރިކަން ބޮޑީ.

ހުސެންޓީ

ކޮންތާކު، ހަމަ އެ ނުބައިންދަން ވެގެން. އިންޑިޔާ އާތުން ދަށުވިޔަސް މީ ބޮޑުވަރު!

ފެންކުރި

އެތަނުގަ އިންޑިއާ ޖަހަންވީނޫންތަ ދެން