Priyanka ge 37 vana ufan dhuvahuge party bavvaifi
image
ޕްރިޔަންކާ ޗޯޕްރާގެ 37 ވަނަ އުފަން ދުވަހުގެ ޕާޓީގެ ތެރެއިން-- ފޮޓޯ: ޕްރިޔަންކާ ޗޯޕްރާ/ އިންސްޓަގްރާމް
0 ކޮމެންޓް
 

ޕްރިޔަންކާގެ 37 ވަނަ އުފަން ދުވަހުގެ ޕާޓީ ބާއްވައިފި

އިންޑިއާގެ މަޝްހޫރު އެކްޓަރެސް ޕްރިޔަންކާ ޗޯޕްރާ އަށް މި ޖުލައި މަހުގެ 18 ވަނަ ދުވަހު 37 އަހަރު ފުރިފައި ވާއިރު، ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ވަނީ އޭނާ އަށް ދުވަހުހެ ތަހުނިޔާ ކިޔައިފަ އެވެ.
ޕްރިޔަންކާގެ ފޭނުންގެ އިތުރުން މަޝްހޫރު ތަރިން ވެސް ވަނީ ސޯޝަލް މީޑިއާގައި އޭނާ އަށް ދުވަހުގެ ތަހުނިޔާ ކިޔައިފަ އެވެ. ޕްރިޔަންކާ މިފަހަރު އޭނާގެ އުފަން ދުވަސް ފާހަގަކުރީ ފިރިމީހާ ނިކް ޖޯނަސް އާއެކު އެވެ.

ޕްރިޔަންކާ އާއި ނިކް ވަނީ އުފަން ދުވަސް ފާހަގަކުރުމުގެ ކަންކަން ދިޔަ ގޮތް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެގޮތުން ނިކް އާއި ޕްރިޔަންކާގެ އިތުރުން އޭނާގެ ދައްތަ ޕަރިނީތީ ޗޯޕްރާ ވަނީ މަޔާމީގައި އުފާފާޅުކޮށްފަ އެވެ.

މަޔާމީގައި އޮތް ޕާޓީގައި ވިދުން ގަދަ ރަތް ކުލައިގެ ހެދުމެއް ޕްރިޔަންކާ ލައިގެން ހުރިއިރު، އޭނާގެ އުފަން ދުވަހުގެ ކޭކު ވެސް ހުރީ ގަދަ ރަތްކުލައިގަ އެވެ.

ބޮލީވުޑުން ފިލްމީ ދާއިރާ އަށް ތައާރަފްވި ޕްރިޔަންކާ މިހާރު އަންނަނީ ހޮލީވުޑުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނާނީ "ދަ ސްކައި އިޒް ޕިންކް" އިންނެވެ.

ޝޮނާލޯ ބޯސޭ އުފައްދާ އެ ފިލްމުގައި ޕްރިޔަންކާ އެކު ފެނިގެން ދާނީ ފަރްހާން އަކްތަރާއި ޒައިރާ ވަސީމެވެ. އެ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.



ހިޔާލު