Umurun 14 aharuge Shivlekh car accident ehgai maruvejje
image
ޝިވްލޭކް--
0 ކޮމެންޓް
 

އުމުރުން 14 އަހަރުގެ ޝިވްލޭކް ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ

ޓީވީ އިންޑަސްޓްރީގައި މަސައްކަތް ކުރަމުން އަންނަ އުމުރުން 14 އަހަރުގެ ޝިވްލޭކް ސިންގް ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެކްސިޑެންޓު ވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ހާދިސާގައި ޝިވްލޭކްގެ މަންމަ އާއި ބައްޕަ އަދި އިތުރު މީހަކަށް އެކި ވަރުގެ އަނިޔާ ލިބުނު ކަމަށް ވެއެވެ.



އެކްސިޑެންޓު ހިނގާފައި ވަނީ ޝިވްލޭކާއި އޭނާގެ މަންމަ އާއި ބައްޕަ އިން ކާރު ބޮޑު ޓްރަކެއްގައި ޖެހިގެންނެވެ. އެ ހާދިސާ ހިނގުމާއެކު ޓްރަކް ޑްރައިވަރު ވަނީ ފިލައިފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އިންޑިއާގެ ފުލުހުން އަންނަނީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ޝިވްލޭކް މަރުވި ހަބަރާއެކު ގިނަ ބަޔަކަށް ޝޮކެއް ލިބިގެން ދިޔަ އެވެ.

އަދި އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތާމަ ފާޅުކުރަމުންނެވެ. ޝިވްލޭކް ވަނީ ގިނަ ޓީވީ ޝޯތަކުން ފެނިގެން ގޮސްފަ އެވެ.

އޭނާ ކުޅެފައިވާ ބައެއް ޝޯތަކުގެ ތެރޭގައި "ބާލް ވީރް" އާއި "ސަންކަޓްމޯޗަން ހަނޫމާން" އަދި "ސަރުރާލް ސިމަރް ކާ" ހިމެނެ އެވެ.
ހިޔާލު