Emme 12 aharuga amilla car eh ganefi
image
ނަތަންނަން އޭނާ ގަތް ކާރާ އެކީގައި--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އެންމެ 12 އަހަރުގައި އަމިއްލަ ކާރެއް ގަނެފި

ބައެއް މީހުންނަކީ ކުޑަ އިރުން ފެށިގެން އަގު ބޮޑު ކާރު ފަދަ ތަކެތި ގެންގުޅުމަށް ހުވަފެން ދެކޭ ބައެކެވެ. އެކަމަކު ކުޑައިރު އެހުވަފެން ހަގީގަތަށް ވުމަކީ ނާދިރު ކަމެކެވެ.

ތައިލެންޑަށް އުފަން ނަތަންނަން ވަނީ އެންމެ 12 އަހަރުގައި އޭނާގެ ހުވަފެން ހަގީގަތަކަށް ހަދާފަ އެވެ. ނަތަންނަން ވަނީ އޭނާގެ އުފަން ދުވަހަށް އަމިއްލަ އަށް އަގުބޮޑު ކާރެއް ގަނެފަ އެވެ.

އެންމެ 12 އަހަރުގެ އެ ކުއްޖާ އަކީ ޕްރޮފެޝަނަލް މޭކަޕް އާޓިސްޓެކެވެ. އޭނާ ޕްރޮފެޝަނަލް މޭކަޕް އާޓިސްޓަކަށްވީ އޮންލައިން ކޮށް މޭކަޕް ވީޑިއޯތައް ބަލައި، އެކަން ކުރަން އަމިއްލަ އަށް ދަސްކޮށްގެންނެވެ.


ނަތަންނަން އަކީ މޭކަޕް އާޓިސްޓެއް--

އެންމެ ފަސް އަހަރުގައި މޭކަޕް ކުރަން ފެށި ނަތަންނަންގެ ޔޫޓިއުބް ޗެނަލަށް ވެސް 270،000 އަށް ވުރެ ގިނަ ސަބްސްކްރައިބާސް ވަނީ ލިބިފަ އެވެ.

ހަމަ އެހެންމެ ނަތަންނަން ވަނީ ލަންޑަން ފެޝަން ވީކް ގައި ވެސް ބައިވެރިވެ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
މީހުން
ހިޔާލު