Moosun goasve, Baa Atholhuge rah thakah gellun vejje
image
ފޮޓޯ: ސޯޝަލް މީޑިއާ--
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މޫސުން ގޯސްވެ، ބ. އަތޮޅުގެ ރަށްތަކަށް ގެއްލުންވެއްޖެ

އިއްޔެ ކުރި ވިއްސާރައިގައި ބ. އަތޮޅުގެ ބައެއް ރަށްތަކަށް ބޮޑެތި ގެއްލުން ތަކެއް ވެއްޖެ އެވެ.
ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ބ. ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒު މުހައްމަދު ވިދާޅުވީ އިއްޔެ ކުރި ވިއްސާރައިގައި އެރަށު ދެ ގެއަކަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށެވެ.

އެގޮތުން އެ ދެ ގޭގެ ފުރާޅު މައްޗައް ރުކެއް ވެއްޓި ފުރާޅަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށް އަޒީޒު ވިދާޅުވި އެވެ. އޭގެ އިތުރުން ރަށުގެ އެކި ސަރަހައްދުތަކުގައި ހުރި ރުއްގަސް ވެއްޓިފައިވާ ކަމަށް ވެސް އަޒީޒު ވިދާޅުވި އެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެ އެވެ.

އިއްޔެ ކުރި ވިއްސާރައިގައި އެރަށަށް ވަރަށް ބޯކޮށް ވާރޭ ވެހުނު ނަމަވެސް މިއަދު އަދި ވިއްސާރަ ނުވެހޭ ކަމަށާއި އުޑުމަތި ބަނަވެފައި ވައި ގަދަ ކަމަށް އަޒީޒު ވިދާޅުވި އެވެ.

ހިތާދޫގެ އިތުރުން އެ އަތޮޅު ގޮއިދޫ އަށް ވެސް އިއްޔެ ކުރި ވިއްސާރައިގައި ވަނީ ބޮޑު ގެއްލުންތަކެއް ވެފަ އެވެ. އެ ރަށުގެ ތިން ގެއަކަށް ގެއްލުންވި އެވެ.

ގޮއިދޫ ކައުންސިލުގެ ރައީސް މުހައްމައު އާމިރު ސީއެންއެމް އަށް ވިދާޅުވީ ތިން ގެއަކަށް ގެއްލުންވެފައި ވާއިރު ރަށުގެ ރުއް ގަސްތައް ވެސް ވެއްޓިފައިވާ ކަމަށެވެ.

ރާއްޖެ އަށް ހުޅަނގު މޫސުމުގެ ވިއްސާރަ މިހާރު ކުރަމުން ދާއިރު، ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ.
ހިޔާލު