Maumoonaai Nasreenaa ge kaiveneege ran yoobeel!
image
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް--
ފާތުމަތު ނަޒުފާ އިރުޝާދު
2 ކޮމެންޓް
 

މައުމޫނާއި ނަސްރީނާގެ ކައިވެނީގެ ރަން ޔޫބީލް!

ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ކައިވެނިފުޅަށް މިއަދު 50 އަހަރު ފުރިއްޖެ އެވެ.
މައުމޫނާއި ނަސްރީނާ އެންމެ ފުރަތަމަ ބައްދަލުވެފައި ވަނީ މިސްރުގައި ތައުލީމް ހާސިލް ކުރައްވަން އުޅުއްވި އިރު، މިސްރުގެ ވެރިރަށް ގާހިރާ އިން 1965 ގައެވެ.

އޭރު ނަސްރީނާ އަކީ ގާހިރާގައި ތައުލީމް ހާސިލް ކުރައްވަމުން ގެންދެވި ބޭކަނބަލެކެވެ. އެކަމަނާގެ އުމުރަކީ އޭރު 15 އަހަރެވެ. އަދި މައުމޫނުގެ އުމުރުން 27 އަހަރުފުޅެވެ.

އޭގެ ހަތަރު އަހަރު ފަހުން އެ ދެބޭފުޅުން ކައިވެނިބައްލަވައި ގަތީ ވެސް ގާހިރާގަ އެވެ. 20 މާޗް 1970 ވަނަ އަހަރު ނަސްރީނާގެ އުމުރުން އެންމެ 20 އަހަރުގައި އެއްމާބަނޑު ދެ ކުދިން ލިބިވަޑައިގެންނެވި އެވެ.

އެއީ މިހާރުގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ. އެ ކައިވެންޏަށް ފުރަތަމަ ފިރިހެން ދަރިއަކު ލިބިވަޑައިގެންނެވީ 31 މާޗް 1971 ގައެވެ. އެއީ ފާރިސް މައުމޫނެވެ.ދެވަނަ ފިރިހެން ދަރިފުޅު، ގައްސާން މައުމޫން ލިބިވަޑައިގެންނެވީ މައުމޫން ރާއްޖޭގެ ރައީސްކަމަށް ވަޑައިގެންނެވި ފަހުން 12 ޖޫން 1980 ގައެވެ.

ކައިވެނީގެ ރަންޔޫބިލް ފާހަގަ ކުރަމުންދާއިރު، މިދިޔަ އަހަރު ޖަލުގައި ދުވަސްތަކެއް ހޭދަ ކުރެއްވުމަށް ފަހު މިނިވަންވެ ވަޑައިގެންނެވުމުން މައުމޫން ވަނީ އަނބިކަނބަލުން ނަސްރީނާ އަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފަ އެވެ.

މައުމޫން ސިފަ ކުރެއްވި ގޮތުގައި ނަސްރީނާއަކީ އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ އެވެ. އަދި ވަރަށް ވަފާތެރި ހިތްވަރު ގަދަ މީހެއް ކަމަށް ވިދާޅުވެ ތައުރީފު ކުރެއްވި އެވެ.

"ކަމަނާއަށް ލިބިފައި ވަނީ ގަދަފަދަ ބާރެއް. ކަމަނާގެ ހިތްވަރު ގަދަކަން އާދަޔާ ހިލާފް. ކަމަނާ ހުންނެވީ ބަލި ނުކުރެވޭނެ ފަދަ ހިތްވަރެއްގައި. ކަމަނާގެ ވަފާތެރިކަމަށް ނިމުމެއް ނެތް. ގައިމު، ލޯބީގައި މޮޅު، ރީތި އެތައް ކަމެއް ހިމެނޭ. ލޯބިވާ އަނބިކަނބަލުން، އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާ، ތިޔަ ލޮބުވެތި ނިއުމަތަށްޓަކައި އަޅުގަނޑު ﷲ އަށް ޝުކުރު ކުރަން،" މައުމޫން ލިޔުއްވާފައިވެ އެވެ.

ކައިވެނިފުޅަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ގިނަ ބަޔަކު ދަނީ ތަހުނިޔާ ދަންނަވަމުންނެވެ.
ހިޔާލު

އެދުރު

ލިޔުމުގެ ހުނަރު ދަސްކުރައްވައިގެން މިފަދަ ލިޔުންތައް ލިޔުއްވުމަށް އިލްތިމާސް ކުރަން. ވަރަށް ދެރަވަރު.

ސސ

ހީވެސް ނުވޭ ! ހީވެސް ނުވޭ ! ހީވެސް ނުވޭ !