Baa imaaraaiy thakuge mauloomaathu liyumun husha halhan edhijje
image
ބާވެފައިވާ އިމާރާތެއް--
1 ކޮމެންޓް
 

ބާ އިމާރާތްތަކުގެ މައުލޫމާތު ލިޔުމުން ހުށަހަޅަން މާލެ ސިޓީ ކައުންސިލުން އެދިއްޖެ

ބާވެފައި ހުރި އިމާރާތްތަކުގެ ޝަކުވާ ސޯޝަލް މީޑިއާ މެދުވެރިކޮށް ހުށަހެޅުމުގެ ބަދަލުގައި އެކަން ލިޔުމުން ހުށަހެޅުމަށް މާލޭ ސިޓީ ކައުންސިލުން އެދިއްޖެ އެވެ.
ލިޔުމުން ހުށަހެޅޭ ޝަކުވާތަކުގެ އަދަދު ވަރަށް ބޮޑަށް ދަށްކަން ފާހަގަކޮށް ބައެއް މީޑިއާތަކަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ލިޔުމުން ޝަކުވާ ހުށަހެޅުމުން ކަމާއި ގުޅޭ މުއައްސަސާތަކާއި ގުޅިގެން މައްސަލަ ހައްލު ކުރުމުގެ ފުރުސަތު އިތުރުވެގެން ދާނެ ކަމަށެވެ.

މިފަހަކަށް އައިސް ބާވެފައިވާ އިމާރާތްތަކުގެ ފޮޓޯ ސޯޝަލް މީޑިއާއަށް ހިއްސާ ކުރުން ވަނީ އިތުރުވެފަ އެވެ. އެގޮތުން ސިޓީ ކައުންސިލު ޓެގުކޮށް ކުރާ އެފަދަ ޕޯސްޓްތަކަށް އާއްމުކޮށް ސިޓީ ކައުންސިލުން ޖަވާބުދީ އެކަން ސަމާލުކަމަށް އައިސްފައިވާ ކަމަށް ވެސް ބުނެ އެވެ.

ބާވެފައިވާ އިމާރާތްތަކުގެ ސަބަބުން މީހުންނަށް ލިބޭ އަނިޔާތައް ވެސް ބޮޑު ތަނުން އިތުވެފައި ވާއިރު މިދިޔަ މަހުގެ ތެރޭގައި ވެސް ވަނީ ހެންވޭރު ގެއެއްގެ ބެލްކަނީން ބައެއް ވެއްޓި، ބަޔަކަށް އަނިޔާވެފަ އެވެ.

ސިޓީ ކައުންސިލުގެ އިތުރުން ޕްލޭނިން މިނިސްޓްރީން ވެސް ވަނީ ބާވެފައިވާ އިމާރާތްތަކުގެ ޝަކުވާ ހުށަހެޅުމުން އެތަންތަނާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.
ހިޔާލު

އެނޮނީމަސް

ހެޔޮނުވާނެ ކޮންމެވެސް މީހަކު ހުތަވީ ބިލްޑިންގ ގެ ވާހަކަ ލިޔުމަކުން ހުށައަޅަންފެނޭ މަށަށް!