IOIG 2023 Raajjeyga beyvumuge bid hushahalhaifi
image
ބިޑް ހުށަހެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މަހްލޫފު ވާހަކަ ދައްކަވަނީ-- ފޮޓޯ: ޔޫތު މިނިސްޓްރީ
0 ކޮމެންޓް
 

އައިއޯއައިޖީ 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމުގެ ބިޑު ހުށަހަޅައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހުށަހަޅަން ޖެހޭ ރަސްމީ ބިޑް، ކުޅިވަރާއި ބެހޭ މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ރަސްމީކޮށް ހުށަހަޅުއްވައިފި އެވެ.
މޮރީޝަސްގެ އިންޓަ ކޮންޓިނެންޓަލް ހޮޓަލްގައި މިއަދު ހެނދުނު ބޭއްވި ބިޑް ހުށަހެޅުމުގެ ހަފްލާގައި އެ މުބާރާތް 2023 ވަނަ އަހަރު ބޭއްވުމަށް ރާއްޖެއާއެކު ވާދަކުރަމުންދާ މަޑަގަސްކާ އަދި ކޮމޮރޮސް އިން ވެސް ވަނީ ރަސްމީކޮށް ބިޑް ހުށަހަޅާފަ އެވެ.

ރާއްޖޭގެ ބިޑް ހުށަހަޅުއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ އެ މުބާރާތަކީ ދިވެހިންގެ ހިތްތަކާއި ގުޅިލާމެހިފައިވާ މުބާރާތެއް ކަމަށާއި އެގޮތުން އައިއޯއައިޖީ އަކީ ރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތް ކަމަށެވެ. އަދި ރާއްޖެ އިން ބައިނަލްއަގްވާމީ ފުޓުބޯޅައިގައި ޖެހި ފުރަތަމަ ގޯލް ޖެހީ ވެސް އެ މުބާރާތުގައިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން މިނިސްޓަރު މަހުލޫފު ވިދާޅުވީ އެ މުބާރާތުގައި ބައިވެރިވުމަށް ކަނޑު ހުރަސްކޮށް ދިވެހިން އެހެން ގައުމުތަކަށް ދަތުރު ކުރާތާ 40 އަހަރުވެފައިވާ ކަމަށާއި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދުވަހަކު ވެސް ދޫކޮށްލާފައި ނުވާނެ ކަމަށެވެ.

އެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެހެންކަމުން މިއީ ރާއްޖެ އަށް މުބާރާތް ބޭއްވުމުގެ ފުރުސަތު ދޭންވީ ފަހަރު ކަމަށް ވެސް ވިދާޅުވެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މުބާރާތަށް ދޭ ސަމާލުކަން އެނގިގެން ދަނީ، މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން ރައީސް ސޯލިހުގެ މަންދޫބުންގެ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި މިނިސްޓަރު މަހުލޫފު މުބާރާތުގައި ބައިވެރިވާ ގައުމުތަކަށް ދަތުރުކުރެއްވުމުން ކަމަށް މަހްލޫފު ވިދާޅުވި އެވެ.
ހިޔާލު