Depression ah magu fahi vaathee Instagram inn Like adhi Views nufenna goiy hadhanee
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ޑިޕްރެޝަނަށް މަގު ފަހިވާތީ އިންސްޓަގްރާމުން "ލައިކް" އަދި "ވިޔުސް" ނުފެންނަ ގޮތް ހަދަނީ

އެންމެންގެ މެދުގައި ވެސް މަޤުބޫލު ސޯޝަލް މީޑިއާ މިހާރު ވެފައިވަނީ ގުޅުން ބަދަހިކޮށްދޭ "ޕްލެޓްފޯމެއް" ގެ ބަދަލުގައި "ލައިކް" ނުވަތަ މަޝްހޫރުކަން ހޯދުމުގެ މުބާރާތަކަށެވެ.
ފޮޓޯއާއި ވީޑިއޯތައް ހިއްސާކުރުމަށް މަޝްހޫރު އިންސްޓަގްރާމަކީ ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމެއްގެ ތެރެއިން ވެސް އެ ވާދަވެރިކަން އެންމެ ބޮޑުވެފައިވާ ޕްލެޓްފޯމެވެ.

އިންސްޓަގްރާމް މިހާރު އޮތީ ނަފްސާނީ ބަލިމަޑުކަމުގެ އަނދަވަޅަކަށް މީހުން ވައްޓާލާ އެޕްލިކޭޝަންތަކުގެ ސަފުގެ އެންމެ ކުރީގައެވެ.

ރޯޔަލް ސޮސައިޓީ ފޯ ޕަބްލިކް ހެލްތް އެންޑް ޔަންގް ހެލްތް މޫވްމަންޓުން ހެދި ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދިންގެ މެދުގައި "ޑިޕްރެޝަން" ފަދަ ބަލިތަކަށް މަގުފަހިކޮށްދޭ އެޕްލިކޭޝަނަކީ އިންސްޓަގްރާމެވެ. މިކަމުގައި ދެވަނަ އަށް އޮތީ ސްނެޕްޗެޓެވެ.

މިފަދަ ސަބަބުތަކާހުރެ އިންސްޓަގްރާމް އިން ދަނީ ފޮޓޯތަކަށް ލިބޭ "ލައިކްސް" އާއި "ވިޔުސް" ނުފެންނަ އާ ފީޗާއެއް ޓެސްޓް ކުރަމުންދާކަން އިއުލާން ކޮށްފައެވެ.

އެ ފީޗާ ކެނެޑާ އަށް މޭ މަހު ތައާރަފް ކުރުމަށްފަހު އިތުރު ހަ ގައުމަކަށް ވަނީ މިހާރު ތައާރަފްކޮށްފަ އެވެ. އެ އާ ފީޗާގައި ލިބޭ "ލައިކްސް" އަދި "ވިޔުސް" ހަމަ އެކަނި ފެންނާނީ އެ ހިއްސާކުރާ ފަރާތަށް އެކަންޏެވެ.

އެހެން މީހުން ޝެއާ ކުރާ ފޮޓޯތަކާއި ވީޑިއޯތަކަށް ލިބޭ "ލައިކްސް" އާ "ވިޔުސް" ނުފެންނާނެ އެވެ. ފޭސްބުކްގެ ގެ އަހަރީ ކޮންފެރެންސް ގައި ހެޑް އޮފް އިންސްޓަގްރާމް އެޑަމް މޮސޭރީ ވަނީ އެކަން އިއުލާނުކޮށްފަ އެވެ.
ހިޔާލު