Sanjivani Ge dhe vanabai dhahkan fashaathee varah ufaavey:: Mohnish
image
މޮހްނީޝް--
0 ކޮމެންޓް
 

"ސަންޖިވަނީ"ގެ ދެ ވަނަބައި ދައްކަން ފަށާތީ ވަރަށް އުފާވޭ: މޮހްނީޝް

މީގެ 18 އަހަރު ކުރިން ސްޓާ ޕުލަސް އިން ދެއްކި ޝޯ "ސަންޖިވަނީ" ދެވަނަ ބައި އަނބުރާ އަންނާތީ ވަރަށް އުފާވާ ކަމަށް އެޝޯގައި މަސައްކަތްކުރި މޮހްނީޝް ބާލް ބުނެފި އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މޮހްނީޝް ބުނީ އެޝޯއަކީ އޭނާ އާ ވަރަށް ގާތް ޝޯއެއް ކަމަށާއި އެ ޝޯ ގެ ދެވަނަ ބައި ދައްކަން ނިންމާފައިވާތީ ވަރަށް އުފާވާ ކަމަށެވެ. އަދި އާ ޓީމާއެކު މަސައްކަތް ކުރެވޭތީ ވަރަށް އުފާވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ޑޮކްޓަރުންގެ ދުވަހުގެ މުނާސަބަތުގައި "ސަންޖިވަނީ" ގެ އުފެއްދުންތެރިން އެ ޝޯގެ ފުރަތަމަ ފެނިލުން ދައްކާފައި ވާއިރު އޭގެ ތެރޭގައި "ސަންޖިވަނީ" ގެ ފުރަތަމަ ބައިން ފެނިގެން ދިޔަ ތަރިންގެ އިތުރުން އާ މޫނުތަކެއް ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

އެގޮތުން މޮހްނީޝް އަދި ގުރްދިޕް ކޯލީ ކުރީގެ ތަރިންގެ ތެރޭގައި ފެނިގެން ދިޔައިރު އަލަށް އެ ޝޯ އަށް ގުޅިފައި ވަނީ ސުރްބީ ޗަންދަނާ އާއި ނިމްރިތު ހަންނާ އަދި ސަޔަންތާނީ ގޯޝް އެވެ. އެޝޯ ދައްކަން ނިންމާފައި ވަނީ އަންނަ މަހުގެ 12 ގައެވެ.

ސަންޖިވަނީ އަކީ 2002 ވަނަ އަހަރު ސްޓާ ޕުލަސް އިން ދެއްކި ޝޯއެކެވެ. 167 އެޕިސޯޑުގެ އެ ޝޯ ދެއްކުން ހުއްޓާލާފައި ވަނީ 2005 ވަނަ އަހަރެވެ.
ބޮލީވުޑް
ހިޔާލު