Haalugai jehunu Lankaage 7 mas boat Kulhudhuffushi bandharah vahdhaifi
image
ލަންކާގެ ބޯޓްތަކަށް އެހީ ވަމުން ދަނީ-- ފޮޓޯ: އެމްއެންޑީއެފް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ހާލުގައި ޖެހުނު ލަންކާގެ ހަތް މަސްބޯޓު ކުޅުދުއްފުށީ ބަނދަރަށް ވައްދައިފި

މޫސުން ގޯސްވެ ކަނޑު ގަދަވުމާއި ގުޅިގެން ރާއްޖޭގެ ސަރަހައްދަށް ވަނުމަށް ހުއްދަ ދިން ލަންކާގެ ހަތް މަސް ބޯޓު ކުޅުދުއްފުށީ ބަނދަރަށް ވައްދައިފިއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު ލަންކާގެ ހަތް މަސް ބޯޓަކަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީތެރިވާން ފެށީ އިއްޔެ އެވެ.

އެމްއެންޑީއެފުން ބުނީ އެ ހަތް މަސް ބޯޓު ހާލުގައި ޖެހުނީ އިހަވަންދިއްޕޮޅާ ދިމާލުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރަމުން ދަނިކޮށް ކޮޅިގަނޑެއްގައި ޖެހިގެން ކަމަށެވެ.

އެ ބޯޓުތަކުން އެމްއެންޑީއެފުގެ އެހީތެރިކަމަށް އެދުމުން ވަނީ ހަމަޖެހިފައިވާ އުސޫލާ އެއް ގޮތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދީފަ އެވެ.

ކަނޑުތައް ގަދަވާނެ ކަމުގެ އިންޒާރު މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވަނީ ބުނެފައެވެ.
ހިޔާލު