Shah Raajje inn furanee supporterun ufalun rovvaalaafa!
image
ޝާހު އޭނާގެ ސަޕޯޓަރުންނާއެކު--
ފައުޒާ މުހައްމަދު
1 ކޮމެންޓް
 

ޝާހު ރާއްޖޭން ފުރަނީ ސަޕޯޓަރުން އުފަލުން ރޮއްވާލާފައި!

ބޮލީވުޑު މަޝްހޫރު އެކްޓަރު ޝާހު ރުކް ހާން ރާއްޖެއިން ފުރަމުން ދިޔައީ ސަޕޯޓަރުންގެ ހިތް ފުރާލާފަ އެވެ.
ދާދި ދެންމެ ޝާހު ރާއްޖެއިން ފުރުމަށް އެއާޕޯޓަށް ގޮސްފައި ވާއިރު އޭނާ ވަނީ ސަޕޯޓަރުންނާ ބައްދަލުކޮށްފަ އެވެ. ސަޕޯޓަރުންނާއެކު ފޮޓޯ ނެގުމުގެ އިތުރުން އޭނާ ވަނީ ސަޕޯޓަރުންނާ ވާހަކަ ވެސް ދައްކާފަ އެވެ.

"ޝާހު އާ ބައްދަލު ވުމަކީ އަބަދުވެސް ދެކުނު ހުވަފެނެއް، މިއަދު ވަރަށް އުފާވެއްޖެ، ޝާހު އާއެކީ ފޮޓޯ ވެސް ނެގިން، ވަރަށް ފްރްންޑްލީ އޭނަ،" ސީއެންއެމް އަށް މައުލާތު ދެމުން އެތަނުގައި ހުރި ކުއްޖަކު ބުންޏެވެ.
މިމަހު 18 ގައި ޝާހު އޭނާގެ އާއިލާ އާއެކު ރާއްޖެ އައިސްފައި ވާއިރު އެމީހުން ޗުއްޓީ ހޭދަކުރަމުން ދިޔައީ ޖުމެއިރާ ވިޓަވެލި މޯލްޑިވްސްގަ އެވެ.

ޝާހު އެންމެ ފަހުން ފެނިގެންދިޔައީ "ޒީރޯ" އިންނެވެ. އެފިލްމުގައި ޝާހު ކުރު މީހެއް (ޑުވޯފް) އެއްގެ ރޯލުން ފެނިގެން ދިޔައިރު ގިނަ ބަޔަކު މިހާރު ތިބީ އޭނާގެ ކުރިއަށް އޮތް މަސައްކަތް އިއުލާނު ކުރާނެ އިރެއްގެ އިންތިޒާރުގައެވެ.

ޝާހު އާއި ގޯރީ ކައިވެނިކޮށްފައިވަނީ 1991 ގައެވެ. އެދެމީހުން ތިން ދަރިން ތިބެއެވެ. އެއީ 21 އަހަރުގެ އާރިޔަން އާއި 18 އަހަރުގެ ސުހާނާ އަދި ފަސް އަހަރުގެ އަބްރަމްއެވެ. އެއާއިލާ އަކީ ގިނަ ބައެއްގެ ލޯބިވާ ލިބިފައިވާ އަދި ނަމޫނާ އާއިލާ އެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.
ޝާހުރުކް ހާން
ހިޔާލު

ވިސްނާ

ހިލޭ ފިރިހެނުންނާއެކު ބައްދައިގެން ފޮޓޯނެގުނީމަ....މި ކުރެވުނީ މާމޮޅުކަމަކަށްވެގެން އިސްތިހާރުކުރަނީ..