Media councilun education minister aa bahdhalu koffi
image
އެޑިއުކޭޝަން މިނިސްޓަރު މީޑިއާ ކައުންސިލް މެމްބަރުންނާ ބައްދަލުކުރަވަނީ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މީޑިއާ ކައުންސިލުން އެޑިއުކޭޝަން މިނިސްޓަރާ ބައްދަލުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު އަލީއާ ބައްދަލުކުރައްވައިފި އެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ސްކޫލްތަކުގައި މީޑިއާ
ކުލަބް އުފެއްދުމާއި، މީޑިއާ ކްލަބްތައް ސްކޫލްތަކުގައި ކުރިއަށް ގެންދިޔުމަށް ދެފަރާތް ގުޅިގެން މަސައްކަތް ކުރުމަށާއި، ސްކޫލް މީޑިއާ ކްލަބްގެ މުހިންމު ކަމާއި ގުޅޭގޮތުންނެވެ.

އޭގެ އިތުރުން ސްކޫލްތަކުގައި މީޑިއާ ކްލަބް އުފެއްދުމާ ގުޅޭގޮތުން މީޑިއާ ކައުންސިލުން އެކުލަވާލާފައިވާ އުސޫލު އެޑިއުކޭޝަން މިނިސްޓަރާ ވަނީ ހިއްސާކޮށްފައެވެ.

އެ ބައްދަލުކުރެއްވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ ދެއްކެވި ވާހަކައިގައި ސްކޫލް މީޑިއާ ކްލަބާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ދެވެން ހުރި ހުރިހައި އެއްބާރުލުމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.

އެބައްދަލުކުރެއްވުމުގައި މީޑިއާ ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ވަނީ ކައުންސިލްގެ ނާއިބު ރައީސް އަޙްމަދު އާޒިފާ، ކައުންސިލް މެންބަރު އަހްމަދު ޖަދުއާން، ކައުންސިލް މެންބަރު އަޒްމީ އަލީ އާއި ކައުންސިލް މެމްބަރު އަލީ ރިފްޝާން އާއި ކައުންސިލް މެންބަރު އަހްމަދު އަމީން މުހައްމަދު އާއި ކައުންސިލް މެންބަރު އަލީ އަހްސަން އަދި ކައުންސިލް މެމްބަރު ރިފާއަތު ރަޝީދުއެވެ.
ހިޔާލު