Enme fahuge Champion balikoh Anhen TT Team ran medal hoadhaifi
image
އެންމެ ފަހުގެ ޗެމްޕިއަން ބަލިކޮށް ރާއްޖޭގެ އަންހެން ޓީޓީ ޓީމު ރަން މެޑަލް ހޯދުން-- ފޮޓޯ: ރައީސް އިބްރާހީމް މުހައްމަދު ސޯލިހު/ޓްވީޓާ
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

އެންމެ ފަހުގެ ޗެމްޕިއަން ބަލިކޮށް ރާއްޖޭގެ އަންހެން ޓީޓީ ޓީމު ރަން މެޑަލް ހޯދައިފި

އެންމެ ފަހުގެ ޗެމްޕިއަން، މޮރިޝަޝް ބަލިކޮށް ދިވެހިރާއްޖޭގެ ގައުމީ އަންހެން ޓޭބަލް ޓެނިސް ޓީމުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން އަންހެން ޓޭބަލް ޓެނިސް ޓީމު އިވެންޓުގެ ރަން މެޑަލް މިއަދު ހޯދައިފިއެވެ.
މުބާރާތް ބާއްވަމުން އަންނަ ގައުމު، މޮރިޝަޝް ބަލިކޮށް ރާއްޖޭގެ ޓީޓީ އަންހެން ޓީމު ރަން މެޑަލް ހޯދިއިރު މިއީ ރާއްޖޭގެ ޓީމަކުން ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް ގޭމްސްއަކުން ރަން މެޑަލް ހޯދި ދެވަނަ ފަހަރު ވެސް މެއެވެ.

އެގޮތުން ފުރަތަމަ ފަހަރަށް އެފަދަ ގޭމަކުން ރާއްޖެއަށް ރަން މެޑައްޔެއް ލިބުނީ، 2015 ވަނަ އަހަރު އައިއޯއައިޖީ އިން ދުވުންތެރިޔާ ހަސަން ސާއިދު 100 މީޓަރަށް ދުވެގެން ހޯދި ރަން މެޑައްޔެވެ.

ރާއްޖޭގެ އަންހެން ޓީޓީ ޓީމުގައި ހިމެނެނީ އުމުރުން 11 އަހަރުގެ ފާތިމަތު ދީމާ އަލީ އާއި 15 އަހަރުގެ އައިޝަތު ރަފާ ނާޒިމްގެ އިތުރުން މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލެވެ.

ރާއްޖެއިން ހޯދި އެކާމިޔާބާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ޓީމަށް މަރުހަބާ ދަންނަވާފައެވެ. އަދި ރައީސް ވަނީ މުޅި ގައުމު އެ ޓީމަށްޓަކައި ފަހުރުވެރިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ހިޔާލު