3 Rashehge Waste Management Center gaaimukuran bayakaai havaalukohfi
image
ތިން ރަށެއްގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ގާއިމުކުރަން ބަޔަކާ ހަވާލުކޮށްފި-- ފޮޓޯ: ޕީއެސްއެމް ނިއުސް
0 ކޮމެންޓް
 

ތިން ރަށެއްގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ގާއިމުކުރަން ހަވާލުކޮށްފި

ތިން ރަށެއްގައި ކުނި މެނޭޖުކުރާ ސެންޓަރުތައް އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
ކުނި މެނޭޖްކުރާ ސެންޓަރު ގާއިމުކުރާ ތިން ރަށަކީ ބ. ދޮންފަނާއި، އެއަތޮޅު ހިތާދޫގެ އިތުރުން ރ. އުނގޫފާރުގައެވެ.

އެގޮތުން ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ދޮންފަނު، ކުނި މެނޭޖުކުރާ ސެންޓަރުތައް އިމާރާތްކުރުމަށް ހަވާލުކުރީ ހި-ކޮން ޕްރައިވެޓް ލިމިޓެޑާ އެވެ. އެގޮތުން ދެ މިލިއަނަޑް ވުރެ ގިނަ ރުފިޔާއަށް އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރިއިރު ހިތާދޫ ކުނިމެނޭޖުކުރާ ސެންޓަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެލް.އެޕް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. ތިން މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމަސައްކަތް އެކުންފުންޏާ ހަވާލުކުރީ 1.7 މިލިއަން ރުފިޔާއަށެވެ.

ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އުނގޫފާރުގެ ކުނި މެނޭޖް ކުރާ ސެންޓަރު ގާއިމުކުރަން ހަވާލުކުރީ ވެހި-ކޮން ޕްރައިވެޓް ލިމިޓެޑާއެވެ. އެއީ އަށް ލައްކައަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއުއެކެވެ.

އެ މަސައްކަތް ކުންފުނިތަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު، ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ މަޝްރޫއުތަކުގެ މަސައްކަތް ނިމުމުން އެ ތިންރަށުގައި ކުނި ރަނގަޅުގޮތުގައި މެނޭޖުކުރެވޭނެ ކަމަށެވެ.
ހިޔާލު