MP Jabir hushahelhuvvi kulli massala Majleehun beyru kohlaifi
image
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު--
2 ކޮމެންޓް
 

މެމްބަރު ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ކޮންސްޓްރަކްޝަން ކުންފުނިތަކުގެ އިހުމާލުން މާލޭގައި ހިނގަމުންދާ ހިތާމަވެރި ހާދިސާތައް އިތުރުވެފައި ވާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
އެ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

އެ ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ، ކޮންސްޓަރަކްޝަން ކުންފުނިތަކާއި، ކޮންސްޓްރަކްޝަން ސައިޓްތަކުގެ މަސައްކަތް ކުރާ މުވައްޒަފުންގެ އިހުމާލުން، އެ ސައިޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އާއްމު ރައްޔިތުންނާއި، އަދި އެކިއެކި ބޭނުންތަކަށް މާލެއަށް ޒިޔާރާތްކުރާ ފަރާތްތަކުގެ ފުރާނަ ގެއްލި، އަދި ބޮޑެތި އަނިޔާތަކެއް ލިބެމުންދާ ކަމަށެވެ.

ތަކުރާރުކޮށް، އެފަދަ މައްސަލަތައް ހިނގަމުންދަނީ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކުން އަޅަންޖެހޭ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި އިހުމާލުވަމުން ދާތީ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

އެހެންކަމުން އެފަދަ ހިތާމަވެރި ހާދިސާތައް ހިނގިޔަ ނުދިނުމަށްޓަކައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކުރަންޖެހޭ އެންމެހާ ކަންކަން މިހިނދުން މިހިނދަށް ކުރުމަށް ގޮވާލާ ކަމަށް ވެސް އެކުއްލި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވި އެވެ.

އެ ކުއްލި މައްސަލައަށް ބަހުސް ކުރަން ފެނޭތޯ ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 52 މެމްބަރުންގެ އަޣްލަބިއްޔަތުން އެ ކުއްލި މަސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް ނިންމުމާއެކު އެ ކުއްލި މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ. އެ ކުއްލި މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް ހަ މެމްބަރަކު ވޯޓު ދެއްވި އެވެ.

ޖާބިރު ހުށަހެޅުއްވި އެ ކުއްލި މައްސަލާގައި ވިދާލުވެފައިވާ ގޮތަށް މާލޭގައި ވަރަށް ގިނަ ހިތާމަވެރި ހާދިސާތައް ވަނީ ހިނގާފަ އެވެ. އޭގެ ތެރޭގައި ބައެއް މީހުންގެ ފުރާނަ ވެސް ގެއްލިގެން ގޮސްފައި ވެއެވެ. އަދި ބޮޑެތި އަނިޔާތަކެއް ލިބިފައި ވެއެވެ.

ރާއްޖޭގައި އިމާރާތް ކުރާ ގިނަ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނުދާކަން ފާހަގަ ކުރެވޭއިރު، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ. އަދި އެކަންކަން ބަލާނެ ދައުލަތުގެ މުއައްސަސާތައް ހުރި ނަމަވެސް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރާތަނެއް ނުފެއެވެ.
ހިޔާލު

ޖައްސާލައިގެން

މަޖިލީހުން މިހާރު އެއުޅުނީ ޖާބިރުއާ ޖައްސާލައިގެން ރަނގަޅުއެއްޗެއް ހުށައެޅިއަސް ބޭރުކޮއްލަނީ އެއީ ރައްޔިތުންނަށް ރަނގަޅުގޮތެއްވާން ބޭނުން ނުވެފަ ނުވިތާކަށް އެފެންނަނީ ހަސަދަވެރިކަމާ ނަފުރަތުއެމީހުންގެ ކިބައިގާ ހުރިވަރު...ރައީސް ވެސް އެގޮތަށް ބޭނުންވާތީ އެހެން އެހަދަނީ.... އެހާވަރުން ވޯޓުލަިގެން ހޮވީމަވެސް މީހަކު ރައްޔިތުންނަށްޓަކާ ހުށައެޅި ބިލުވެސް ތިކޮއްލީ ބޭރު.. ޝުކުރިއްޔާ

ދިޔާ

ޖާބުރި މިއުޅެނީ ކިހިނެއްވެގެންތަޅެ؟