Fathuruveri kamah 18 percent ge kuri erumeh!
image
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު--
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

ފަތުރުވެރިން ރާއްޖެ އައި މިންވަރު ވަނީ 18 އިންސައްތައިން ކުރިއަށް ޖެހިފައި

މިދިޔަ އަހަރާއި އަޅާ ބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 18.7 އިންސައްތައިން އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިއަދު ޓޫރިޒަމް މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 862،589 ފަތުރުވެރިން އައި ކަމަށެވެ.

ޖޫން މަހުގެ ތެރޭގައި އެކަނިވެސް 113،456 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާ އިރު، އެއީ މިދިޔަ އަހަރުގެ ޖޫން މަހާއި އަޅާ ބަލާއިރު 21 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމުތަކުގެ ތެރޭގައި ދެވަނަ އަށް އިންޑިއާ އަރާފައި ވުމުން މިނިސްޓަރު ވިދާޅުވީ އެއީ ތާރީހީ ކުރިއެރުމެއް ކަމަށެވެ.

އެގޮތުން އެ ލިސްޓުގައި 140،265 ފަތުރުވެރިންނާއެކު އެއް ވަނައިގައި ޗައިނާ އޮތް އިރު ލިސްޓުގެ ތިން ވަނައިގައި އޮތީ އިޓަލީ އެވެ. ދެން އެ ލިސްޓުގައި ހިމެނޭ ގައުމުތަކަކީީ ޖަރުމަން އަދި އިނގިރޭސިވިލާތެވެ.

އެ ހުރިހާ ގައުމުތަކުން ވެސް ޖުމްލަ ގޮތެއްގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރި ނިސްބަތް ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު އިތުރުވެފަ އެވެ.

ފަތުރުވެރިކަމަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތަށް ވާއިރު، މިދިޔަ އަހަރު ނިމުނު އިރު 1.4 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި އެވެ.

އެ އަދަދު އަދިވެސް އިތުރު ކުރުމަށް ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތާއި، އެއާޕޯޓުގެ ކެޕޭސިޓީ އިތުރު ކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރިއަށެވެ.
ހިޔާލު

ސައިކަލޏް

ތީ ހުސް ކޮސް.. ބަގުލާދޭޝް މީހުން ގުނައިގެން ތިޔަ 18 ޕަސެންޓު ހަމަކުރަނީ.. ރިސޯޓުތަކައް ޓުރިސްޓުން ނައިސްގެން އެމީހުން އެތިބެނީ ބޮލުގަ އަތް އަޅައިގެން.. ދެން ގެސްޓު ހައްސުތަކައް އަންނަ ޝީޕް ސުކޭޓުން އަތުންލިބެނީ ކިރިޔާ ދިހަ ޑޮލަރު.. ދެން ކޮން ފަތުރުވެރިކަމެއް ކުރިއަރާނީ.. ދުނިޔޭގައި އެމެރިކާ އާއި ބޮޑެތިގައުމުތަކުން ޓުރޭޑް ތަޅާފޮޅުންތައް ގިނަ ވުނުގެ ސަބަބުން ފަތުރުވެރިކަން މުޅިދުނިޔޭގައިވެސް ވަނީ ވަރައް ދައްވެފަ..