Beach Volleyball inn Raajje ah furathama faharah medal eh libijje
image
ރާއްޖޭގެ ބީޗް ވޮލީ ޓީމް-- ފޮޓޯ: ނިޝާން އަލީ
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ބީޗް ވޮލީބޯޅައިން ރާއްޖެއަށް ފުރަތަމަ ފަހަރަށް މެޑައްޔެއް ލިބިއްޖެ

ދިވެހިރާއްޖޭގެ ގައުމީ ބީޗް ވޮލީ ޓީމު މިހާރު މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ވޮލީބޯޅައިގެ ފިރިހެން ޓީމު އިވެންޓުން ރިހި މެޑަލް ހޯދައިފި އެވެ.
އައިއޯއައިޖީގައި ބީޗް ވޮލީ ޓީމުން ބައިވެރިވި ފުރަތަމަ ފަހަރު ރާއްޖެއަށް ރިހި މެޑައްޔެއް ހޯދައިދީފައި ވާއިރު ރާއްޖޭގެ ޓީމުން ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ މުބާރާތުގެ ދެ ވަނަ ހޯދާފައެވެ.

ބީޗް ވޮލީއިން ރާއްޖެއަށް ފުރަތަމަ ފަހަރަށް މެޑައްޔެއް ހޯދައިދިން ޓީމުގައި ހިމެނެނީ، އާދަމް ނަސީމް އާއި މުހައްމަދު އަލީ އަދި ޝިއުނާޒް އަބްދުލް ވާހިދުގެ އިތުރުން އަހުމަދު މުހައްމަދެވެ.

މުބާރާތުގައި މިއަދު ސީޝެލްސް އަތުން ރާއްޖެ މޮޅުވީ ދެ ގޭމުންނެވެ. އެގޮތުން މެޗުގެ ފުރަތަމަ ޓައި ރާއްޖެއިން ގެންދިޔައީ 21-18 އަދި 21-18 އިންނެވެ. ދެވަނަ ޓައި ރާއްޖެއިން ކާމިޔާބުކުރީ 21-13 އަދި 21-14 އިންނެވެ.

އިއްޔެ މުބާރާތް ބާއްވާ ގައުމު، މޮރިޝަސް އަތުން ރާއްޖޭގެ ޓީމު މޮޅުވީ 2-1 އިންނެވެ. އަދި ކޮމޮރޯސް އަތުން ވެސް މޮޅުވީ ވެސް 2-1 އިންނެވެ.

ފިރިހެން ބީޗް ވޮލީ ޓީމުން ހޯދި ކާމިޔާބަށް ޔޫތު މިނިސްޓްރީން ވެސް ވަނީ މަރުހަބާ ކިޔާފަ އެވެ.
ހިޔާލު