Hulhumale preschool bid aa gulhigen shakuvaa hushahalhaifi
image
ފޮޓޯ: މިހާރު
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ހުޅުމާލޭ ޕްރީސްކޫލް ބިޑާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އަށް ޝަކުވާ ހުށަހަޅައިފި

ހުޅުމާލޭގެ މުހައްމަދު ގާސިމް ޕްރީ ސްކޫލް ހިންގާނެ ފަރާތެއް ހޯދަން ސަރުކާރުން ކުރި އިއުލާނާ ގުޅިގެން، ބިޑް ހުށަހެޅުމުގެ މަރުހަލާ ކުރިޔަށް ގެންދިޔަ ގޮތާއި މެދު އެޑިއުކޭޝަން މިނިސްޓްރީ އަށް ޝަކުވާތަކެއް ހުށަހަޅައިފި އެވެ.
އެޑިއުކޭޝަނަށް ހުށަހެށި ޝަކުވާގެ ތެރޭގައި އުސޫލާ ހިލާފަށް މިނިސްޓްރީގެ ދެ މުވައްޒަފަކު ބިޑް ކޮމިޓީގައި ތިބުމާއި ބިޑް ގެ ކަންކަން މުވައްޒަފުންނަށް ނޭނގޭ ކަމުގެ ޝަކުވާ ލިބިފައި ވެއެވެ.

ޕްރޮޕޯސަލް ގައި ހިމެނޭ ޓެކްނިކަލް ބިޑާއި ފައިނޭންޝަލް ބިޑްގެ ސިޓީ އުރަތައް ވެސް އުސޫލާ ހިލާފަށް އެތަނުގައި ކެނޑި ކަމުގެ ޝަކުވާ ވެސް ވަނީ މިނިސްޓްރީ އަށް ލިބިފައެވެ.

ޝަކުވާގެ އެ ސިޓީގައި ބިޑްގެ ކުރިޔަށް ހުރި ކަންތައްތައް އިންސާފުވެރި ކަމާއެކީ ކުރިޔަށް ގެންދިޔުމަށްޓަކައި ބިޑް ކޮމިޓީގައި ތިބޭ މެމްބަރުންނަކީ ކޮން ބައެއްކަން ބިޑް ހުށަހެޅި ފަރާތްތަކަށް ހާމަކޮށް ދިނުމަށް އެދިފައި ވެއެވެ.

އޭގެ އިތުރުން ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ކާމިޔާބުވި ފަރާތްތަކަށް އެކަން ކާމިޔާބުވި ސަބަބާއި ދެންތިބި ފަރާތްތަކަށް އެކަން ނާކާމިޔާބުވި ސަބަބު ހާމަކޮށްދިނުމަށް އެދިލައްވައި އެ މައުލޫމާތު ހާމަކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އެ ސިޓީގައި ހާމަކޮށްފައި ވެއެވެ.

އެކަށީގެން ވާ ވަގުތު އޮއްވައި ބިޑް އެވޯޑް ކުރުމުގެ ކަންކަން ނިންމައިދނުމަށް ސިޓީގައި އެދިފައި ވެއެވެ.
ހިޔާލު