India aai Raajje inn USD 400 million ge currency swap agreement ga soikoffi
image
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހްމަދު ނަސީރާއި ރިޒާވް ބޭންކު އޮފް އިންޑިއާގެ އެގްޒެކްޓިވް ޑިރެކްޓަރު ރަބީ އެން މިޝްރާ އެއްބަސްވުމުގައި ސޮއިކުރައްވަނީ-- ފޮޓޯ: އެމްއެމްއޭ
2 ކޮމެންޓް
 

އިންޑިއާ އާއި ރާއްޖެއިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގައި ސޮއިކޮށްފި

އިންޑިއާ އާއި ރާއްޖެއާ ދެމެދު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެ ކަރެންސީ ސްވޮޕަކީ މިދިޔަ ޑިސެމްބަރު މަހު ރާއްޖެ އަށް ދޭން އިއުލާން ކުރީ 1.4 ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖުގައި ހިމެނޭ މާލީ އެހީ އެކެވެ.

ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހްމަދު ނަސީރެވެ.

އަދި އިންޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ރިޒާވް ބޭންކު އޮފް އިންޑިއާގެ އެގްޒެކްޓިވް ޑިރެކްޓަރު ރަބީ އެން މިޝްރާ އެވެ.

ކަރަންސީ ސްވޮޕް ހަދަނީ ސްވޮޕްކުރާ ދެގައުމެއްގެ ފައިސާ ބަދަލު ކުރުމަށެވެ. އެއްބަސްވުމުގެ ދަށުން އިންޑިއާގެ މަރުކަޒީ ބޭންކުގައި ދިވެހި ރުފިޔާ ބަހައްޓާނެ އެވެ. އަދި ރާއްޖޭގެ މަރުކަޒީ ބޭންކުގައި އިންޑިއާ ރުޕީޒް ބަހައްޓާނެ އެވެ. އަދި ފަހުން އެއްބަސްވާ ތާރީހެއްގައި ދެ ފައިސާ ބަދަލު ކުރާނެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ އެ ކަރަންސީ ސްވޮޕަކީ ސާކުގެ ސަމިޓުގެ ތެރެއިން އެކުލަވާލި 200 މިލިއަން ޑޮލަރުގެ ފެސިލިޓީގެ އިތުރުން ދެ ގައުމުގެ މަރުކަޒީ ބޭންކުގެ މެދުގައި ހެދޭ ކަރަންސީ ސްވޮޕެއް ކަމަށެވެ.

"މި ފެސިލިޓީ ބޭނުން ކުރާނީ ދައުލަތުގެ ރަސްމީ ރިޒާވަށް މި ފެސިލިޓީގެ ބޭނުން ޖެހިއްޖެ ހާލަތެއްގައި ރިޒާވް މެނޭޖު ކުރުމަށް،" ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.

އެމްއެމްއޭ އިން ބޭރުގެ ބޭންކަކާއެކު ކަރަންސީ ސްވޮޕެއް އެންމެ ފަހުން ހެދީ 2017 ވަނަ އަހަރު އެވެ. އެފަހަރު އިންޑިއާ އާއެކު ހެދީ 100 މިލިއަން ޑޮލަރުގެ ސްވޮޕެކެވެ.

އެ ފަހަރު ސްވޮޕް ހަދާފައި ވަނީ ޖީއެމްއާރު އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި ފައިސާ ދައްކަން ޖެހިގެންނެވެ. އެމްއެމްއޭ އިން ބުނީ އެ ފައިސާ ޖޫން 2017 ގައި އިންޑިއާގެ މަރުކަޒީ ބޭންކަށް ދައްކައި ނިންމި ކަމަށެވެ.

ރާއްޖޭގެ ރިޒާވް މިދިޔަ ފެބްރުއަރީ މަހު 938 މިލިއަން ޑޮލަރުގައި ހުރުމަށް ފަހު، މާޗް މަސް ނިމުނު އިރު އެ އަދަދުން 162 މިލިއަން ޑޮލަރު މަދުވެފައި ވަނީ ކުރީގެ ކަރަންސީ ސްވޮޕަށް ފައިސާ ދެއްކުމުން ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

މިމަހުގެ ކުރީކޮޅު އެމްއެމްއޭ އިން ބުނީ މިދިޔަ ޖޫން މަސް ނިމުނު އިރު އެމްއެމްއޭގެ ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ 276 މިލިޔަން ޑޮލަރެވެ. އޭގެ އިތުރުން ސަރުކާރުން އުފައްދާފައިވާ ސޮވަރެއިން ޑިވެލޮޕްމެންޓް ފަންޑުގައި 158 ޑޮލަރު ހުރިކަމަށެވެ.
ހިޔާލު

ރަގީލް

ކަރަންސީ ސުވަޕޭ ކިޔާފަރާއްޖެއައް ވަންނަ އެންމެހާ ޑޮލަރެއް އިންޑިޔާ އައް ދޭން ތިޔަ އުޅެނީ.. އަންނަ އަހަރު މެދެއްހާތާގަ ޑޮލަރު ވަރައް ތަދުވާން ފަށާނެކަމައް ލަފާ ކުރެވޭ.. ރަނގަޅައް ވިއްޔާ އަޑިއަޑީން ނަސީދު އޮންނާނީ އެމީހުންނައް ޔަގީންކަންދީފަ ރާއްޖޭގެ ފައިސާގެ އަގު ޑޮލަރައް 100 ރުފިޔާއައް ހަދާލާނެކަމުގެ.

ކޮލެޖު ބޯއި

އެމްއެމްއޭ އިން ކަރަންސީ ސްވޮޕެއް އެންމެ ފުރަތަމަ ހެދީ 2017 ވަނަ އަހަރު އެވެ. އެފަހަރު އިންޑިއާ އާއެކު ހެދީ 100 މިލިއަން ޑޮލަރުގެ ސްވޮޕެކޯ.


900 މިލިޔަން ޑޮލަރުގެ ރިޒާވް އިން ކަރަންސީ ސްވޮޕަށް ނެގި 100 މިލިޔަން މާޗުމަހުގެ ނިޔަލަށް ދެއްކީމަ ރިޒާވް ގައި ބާކީ މިހުރީ، ޖޫންގެ ނިޔަލަށް، 276 މިލިޔަން ޑޮލަރެވެ.
ކޮން ހިސާބެއް؟ އަދުރެ؟