Supporter akaai Loabee ge gothun nugulhenvee sababeh neiy: Taapsee Pannu
image
ތާޕްސީ ޕަންނޫ--
0 ކޮމެންޓް
 

ސަޕޯޓަރަކާ ލޯބީގެ ގޮތުން ނުގުޅެންވީ ސަބަބެއް ނެތް: ތާޕްސީ

ސަޕޯޓަރަކާ ލޯބީގެ ގޮތުން ނުގުޅެންވީ ސަބަބެއް ނެތް ކަމަށް ބޮލީވުޑުގައި އަރަމުން އަންނަ ބަތަލާ ތާޕްސީ ޕަންނޫ، ބުނެފިއެވެ.
އުމުރުން 31 އަހަރުގެ ތާޕްސީ އެކަން ހާމަކޮށްފައި މިވަނީ "ކާލީ ޓޭލްސް" ނަމަކަށް ކިޔާ ޔޫޓިއުބް ޗެނަލަކަށް ދިން އިންޓަވިއުއްްގައެވެ.

ސަޕޯޓަރަކާއި ލޯބީގެ ގޮތުން ގުޅިދާނަންތޯ އޭނާއާ ސުވާލުކުރުމުން ތާޕްސީ ވަނީ އޭނާގެ ސަޕޯޓަރަކު ކަމުގައި ވިޔަސް ލޯބީގެ ގޮތުން ގުޅުމަށް މައްސަލައެއް ނެތް ކަމަށް ބުނެފައެވެ. އެކަމަކު ތާޕްސީ ވަނީ މިހާތަނަށް އޭނާ ސަޕޯޓަރަކާ ރައްޓެހި ނުވާ ކަމަށް ވެސް ބުނެއެވެ.

ދެހާސް ދިހަ ވަނަ އަހަރު ތެލޫގޫ ފިލްމަކުން ފިލްމީ ދާއިރާއަށް ތައާރަފުވި ތާޕްސީއަކީ ތަމަޅަ އަދި މަލަޔާލަމް ފިލްމުތަކުގައި ވެސް މަސައްކަތްކޮށް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރިއެކެވެ.

ހަރު ބޮލީވުޑުގެ ފިލްމު، ޗަޝްމޭ ބައްދޫރުން ބޮލީވުޑަށް ތައާރަފުވި ތާޕްސީ ވަނީ "ޖުޅްވާ 2" އާއި "ޕިންކް" ގެ އިތުރުން "ބަދްލާ" ގައި ވެސް މަސައްކަތްކޮށްފައެވެ.
ހިޔާލު