Raajjeygai heydhakuri chuhty ge photo thah Shah Aanmukohfi
image
ޝާހު އޭނާގެ އާއިލާއާއެކު ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ތެރެއިން--
0 ކޮމެންޓް
 

ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ފޮޓޯތައް ޝާހު އާންމުކޮށްފި

ރާއްޖޭގައި ހަތަރު ދުވަހުގެ ޗުއްޓީއެއް އާއިލާއާއެކު ހޭދަކުރުމަށް ފަހު މިދިޔަ އާދިއްތަ ދުވަހު އަނބުރާ ގައުމަށް ދިޔަ ޝާހުރުކް ހާނު، ރާއްޖޭގައި ހޭދަކުރި ޗުއްޓީގެ ފޮޓޯތައް އާންމުކޮށްފިއެވެ.
މިމަހުގެ 18 ގައި ރާއްޖެއަށް ޝާހު އޭނާގެ އާއިލާއާއެކު އައިއިރު އެމީހުން ޗުއްޓީ ހޭދަކުރީ ޖުމެއިރާހް ވިޓަވެލި ރިސޯޓުގައެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ޝާހު އާންމުކޮށްފައި ވަނީ އޭނާގެ އާއިލާގެ ކޮންމެ މެމްބަރެއްގެ ފޮޓޯއެއް ވަކިންނެވެ. އެގޮތުން އެންމެ ހަގު ދަރިފުޅު އަބްރާމާއެކު މޫދު އަޑީގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކުރިއިރު އެންމެ ދޮށީ ދަރި، އާރިޔާން، ފެންނަނީ ޔޯގާ ކުރާ މަންޒަރެވެ. އަދި ސުހާނާ، ގޮނޑު ދަށުގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކުރިއިރު އަނބިމީހާ ގޯރީގެ ފޮޓޯއަކަށް އޭނާ ހިއްސާކުރީ ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެކެވެ.


ރާއްޖެ ދޫކޮށް ދާން ޖެހުމުން ދެރަވި ކަމަށް ޝާހު ބުންޏެވެ. ބެލެވޭ ގޮތުގައި އޭނާ މިވަނީ ވަރަށް ބޮޑަށް ރާއްޖޭގެ ގުދުރަތީ ރީތި ކަމަށް ހިތް ޖެހިފައެވެ.

ރާއްޖޭގައި ހޭދަކުރި ޗުއްޓީ ހަނދާނުން ފޮހެލަން ޝާހުއަށް އުނދަގޫވެފައިވާއިރު އޭނާ ވަނީ އެ ރިސޯޓުގެ މެހެމާންދާރީއަށް ވެސް ޝުކުރު އަދާކޮށްފައެވެ.

ޝާހު އެންމެ ފަހުން ފެނިގެންދިޔައީ "ޒީރޯ" އިންނެވެ. އެފިލްމުގައި ޝާހު ކުރު މީހެއް (ޑުވޯފް) އެއްގެ ރޯލުން ފެނިގެންދިޔައިރު ގިނަ ބަޔަކު މިހާރު ތިބީ އޭނާގެ ކުރިއަށް އޮތް މަސައްކަތް އިއުލާނު ކުރާނެ އިރެއްގެ އިންތިޒާރުގައެވެ. އެކަމަކު ޝާހު ވަނީ މިވަގުތު އޭނާ އެންމެ ބޮޑަށް ބޭނުންވަނީ އާއިލާއާއެކު ވަގުތު ހޭދަކުރަން ކަމަށް ވެސް ބުނެފައެވެ.

ހިޔާލު