Rann medal hoadhi TT team ah MNDF ge maruhabaa bodu screenun
image
އެމްއެންޑީއެފް ބޮޑު ސްކްރީނު--- ފޮޓޯ: މިނިސްޓަރު މާރިޔާ ދީދީ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

ރަން މެޑަލް ހޯދި ޓީޓީ ޓީމަށް އެމްއެންޑީއެފުގެ މަރުހަބާ ބޮޑު ސްކްރީނުން

ރަން މެޑަލް ހޯދި ޓީޓީ ޓީމަށް މަރުހަބާ ކިޔުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބޮޑު ސްކްރީނަށް އެޓީމުގެ ފޮޓޯ އަރުވައިފި އެވެ.
މޮރިޝަސް ބަލިކޮށް ރާއްޖޭގެ ޓީޓީ އަންހެން ޓީމު ރަން މެޑަލް ހޯދިއިރު، މިއީ ރާއްޖޭގެ ޓީމަކުން ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް މުބާރާތަކުން ރަން މެޑަލް ހޯދި ދެވަނަ ފަހަރެވެ.

އެ ޓީމަށް މަރުހަބާ ދެއްނެވުމުގެ ގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ކުރެއްވި ޓްވީޓާއެކު ވަނީ އެ ސްކްރީނުގެ ފޮޓޯއެއްވެސް ހިއްސާކުރައްވައިފަ އެވެ.
ރާއްޖޭގެ އަންހެން ޓީޓީ ޓީމުގައި ހިމެނެނީ އުމުރުން 11 އަހަރުގެ ފާތިމަތު ދީމާ އަލީ އާއި 15 އަހަރުގެ އައިޝަތު ރަފާ ނާޒިމްގެ އިތުރުން މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލެވެ.

ރާއްޖެއިން ހޯދި އެ ކާމިޔާބާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ޓީމަށް މަރުހަބާ ދަންނަވާފަ އެވެ. އަދި ރައީސް ވަނީ މުޅި ގައުމު އެ ޓީމަށްޓަކައި ފަހުރުވެރިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ހިޔާލު