Ufandhuvahu kuri thahuniyaa ah Priyanka reply kurumun Hina ufalun folhifai
image
ޕްރިޔަންކާ އާއި ހީނާ--
0 ކޮމެންޓް
 

އުފަން ދުވަހު ކުރި ތަހުނިޔާއަށް ޕްރިޔަންކާ ރިޕްލައި ކުރުމުން ހީނާ އުފަލުން ފޮޅިއްޖެ

އިންޑިއާގެ މަޝްހޫރު އެކްޓަރެސް ޕްރިޔަންކާ ޗޯޕްރާ އަށް މި ޖުލައި މަހުގެ 18 ވަނަ ދުވަހު 37 އަހަރު ފުރިފައި ވާއިރު، އޭނާއަށް ވަނީ ގިނަ ބަޔަކު ތަހުނިޔާ ކިޔާ ފައެވެ. އޭގެ ތެރެއިން ހީނާ ހާން އެއީ އެކަކެވެ.
އިންސްޓަގުރާމު ސްޓޯރީ މެދުވެރިކޮށް ހީނާ ޕްރިޔަންކާއަށް ތަހުނިޔާ ކިޔާފައި ވާއިރު ޕްރިޔަންކާ ވަނީ އޭނާ އަށް ރިޕްލައިކޮށްފަ އެވެ. އެގޮތުން ޕްރިޔަންކާ ވަނީ ރިޕްލައިއެއްގެ ގޮތުގައި ހިތެއް ފޮނުވާފަ އެވެ.

ހީނާ ވަނީ އެ ރިޕްލައިގެ ސްކްރީންސޮޓު ނެގުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.


މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭ އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ހީނާ އެންމެ ފަހުން ފެނިގެން ދިޔައީ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިން ކޮމޮލިކާގެ ރޯލުންނެވެ.

އެ ޑްރާމާގައި އޭނާ ފެނިގެން ދިޔައީ ނެގަޓިވް ރޯލަކުންނެވެ. ހީނާ މިހާރު އެ ޝޯއިން ވަކިވެފައި ވާއިރު ރިޕޯޓުތައް ބުނާ ގޮތުގައި ހީނާ ހުރީ އެ ޝޯއަށް އަލުން ނިކުންނަށް ތައްޔާރު ވެގެންނެވެ. ނަމަވެސް އެ ހަބަރު ހީނާ ވަނީ ދޮގުކޮށްފަ އެވެ.

ހީނާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ބޮލީވުޑް ފިލްމަކުންނެވެ. އެއީ ހީނާ ބޮލީވުޑް ފިލްމެއްގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. ގިނަ ބަޔަކު މިހާރު ތިބީ އެފިލްމު ނެރޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.
ހިޔާލު