270 Kg ge Masthuvaathakethi Athulaiganevunee Fuluhunge Vehiclega Jehumun
image
އޮސްޓްރޭލިއާ ފުލުހުން އަތުލައިގަތް މަސްތުވާތަކެތިތައް--
0 ކޮމެންޓް
 

270 ކިލޯގެ ޑްރަގު އަތުލައިގަނެވުނީ ފުލުހުންގެ ވެހިކަލުގައި ޖެހުމުން

އޮސްޓްރޭލިޔާގައި 270 ކިލޯއަށް ވުރެ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފައިގެން ދިޔަ ވޭނެއް އަތުލައިގަނެފި އެވެ.
އުމުރުން 28 އަހަރުގެ ޒުވާނަކު ދުއްވި އެ ވޭން ފުލުހުން އަތުލައިގަނެފައި ވަނީ ވޭން ސިޑްނީގެ ޕޮލިސް ސްޓޭޝަނެއް ކުރިމަތީގައި ޕާކުކޮށްފައި އޮތް ފުލުހުންގެ ކާރެއްގައި ޖެހުމުންނެވެ. ވޭން އަތުލައިގަނެފައި ވަނީ ފުލުހުންގެ ކާރުގައި ޖެހުމުން ވެސް މަޑު ނުކޮށް ފިލަން މަސައްކަތް ކުރަނިކޮށް ގަޑިއެއްހާއިރު ފަހުން ސިޑްނީގެ އުތުރުގައި އޮންނަ އަވަށެއް ކަމަށްވާ އީސްޓްވުޑުންނެވެ.

ވޭން ހިފެހެއްޓުމަށް ފަހު ބަލާ ފާސް ކުރުމުން ފުލުހުންނަށް ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތްއެމްފެޓަމިންސް(މެތު)ގެ 273 ކިލޯ ފެނިފައެވެ. އޮސްޓްރޭލިޔާގެ ފުލުހުން އާއްމުކޮށްފައިވާ ގޮތުގައި އެތަކެތީގެ ބާޒާރު އަގަކީ 140 މިލިއަން ޑޮލަރު ނުވަތަ 200 މިލިއަން އޮސްޓްރޭލިއަން ޑޮލަރެވެ.

މެތުއަކީ އޮސްޓްރޭލިއާގައި އެންމެ ގިނައިން ދައުރުވާ މަސްތުވާތަކެތީގެ އެއް ބާވަތެވެ. މަސްތުބާތަކެތި ބަރުކޮށްގެން ދިޔަ ވެހިކަލު ދުއްވަން އިން މީހާ އަތުލައިގަނެ މަސްތުވާތަކެތި ވިޔަފާރި ކުރުމުގެ ދައުވާއާއި ޓްރެފިކް ގާނޫނުތަކާއި ހިލާފުވުމުގެ ދައުވާ އުފުލަން ދަނީ ތައްޔާރުވަމުންނެވެ.
އޮސްޓްރޭލިއާ
ހިޔާލު