Vazeefaa ge hunaru binaa kuraane goiy hoadhan Economic Minister Fayyaz India ah
image
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް-- ފޮޓޯ: ޕީއެސްއެމް
0 ކޮމެންޓް
 

ވަޒީފާގެ ހުނަރު ބިނާ ކުރާނެ ގޮތް ހޯދަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިންޑިއާ ވަޑައިގެންފި

ރާއްޖޭގެ ވަޒީފާގެ ބާޒާރަށް މީހުން ނެރުމަށް ހުނަރު ތަރައްގީ ކުރާނެ ގޮތްތަކެއް ހޯދުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު އިންޑިއާ އަށް ފުރާވަޑައިގެންފި އެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފައްޔާޒު ވިދާޅުވީ ދެ ދުވަހުގެ ދަތުރުގެ ބޭނުމަކީ އިންޑިއާގައި މީހުން ވަޒީފާގެ ބާޒާރަށް ނެރުމަށް ހުނަރު ތަރައްގީ ކުރާ ގޮތް ދެނެގަތުމާއެކު، އެގައުމުގެ ފަންނީ އެހީތެރިކަން ހޯދުން ކަމަށެވެ.

ދިވެހި ސިވިލް ސާވަންޓުން ތަމްރީން ކުރުމުގެ އެއްބަސްވުމެއްގައި ރާއްޖެއިން އިންޑިއާއާއެކު ސޮއިކުރީ ޖޫން 18 ގައެވެ. މި ދަތުރުގައި އިންޑިއާގެ އިންވެސްޓަރުން ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް އިކޮނޮމިން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ޕްރައިވެޓް ސެކްޓާ ކުރިއަރުވަން އިންޑިއާގެ އިންވެސްޓަރުން ހޯދުމުގެ މަގުސަދުގައި މިއަދު ވަނީ އިކޮނޮމިކް މިނިސްޓްރީގެ ޓީމަކުން އިންޑިއާގެ ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ ބޭފުޅުންނާ ބައްދަލުކޮށްފަ އެވެ.
ހިޔާލު