Anhenun baaruveri kuruvaa ambassadorunge magaamu Amr adhi Mickail ah!
image
އިންޓަނޭޝަނަލް ވިމެން އެމްޕަވާމެންޓް އިވެންޓްސް (އައިޑަބްލިއުއީއީ) އެމްބެސެޑަރުންގެ މަގާމު ލިބުނު އަމްރު އަދި މީކައިލް--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އަންހެނުން ބާރުވެރި ކުރުވާ އެމްބެސެޑަރުންގެ މަގާމު އަމްރު އަދި މީކާއިލަށް!

އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާގެ ފިރިހެން އެމްބެސެޑަރުންގެ މަގާމު، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމަށް ލިބިއްޖެ އެވެ.
އަމްރު އަދި މީކާއިލަށް ލިބިފައިވަނީ އިންޓަނޭޝަނަލް ވިމެން އެމްޕަވާމެންޓް އިވެންޓްސް (އައިޑަބްލިއުއީއީ) އެމްބެސެޑަރުންގެ މަގާމެވެ. އެ މަގާމަކީ އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ފިރިހެނުންގެ އަގު ވަޒަން ކުރުމުގެ ގޮތުންދޭ މަގާމެކެވެ.

އެގޮތުން އައިޑަބްލިއުއީއީ އިން ބުނީ އަމްރު އަދި މީކާއިލް އަކީ އެ ޖަމިއްޔާ އިން އަންހެނުންގެ ހައްގުތައް ކުރިއަރުވަން ބާއްވާ އިވެންޓުތަކަށް ވަރަށް ފުރިހަމައަށް އެއްބާރުލުންދޭ ދެ ބައިވެރިން ކަމަށެވެ. އެ މަގާމު ދެ ބޭފުޅުންނަށް ދީފައި ވަނީ ޖުލައި 22 އިން 23 އަށް އޮތް އައިޑަބްލިއުއީއީ ގެ ކޮންފެރެންސް ގައެވެ.

އެ މަގާމު ލިބުމުން އަމްރު ވިދާޅުވީ އައިޑަބްލިއުއީއީގެ ފިރިހެން އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖެހުމުން ވަރަށް ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށާއި އެ ޖަމިއްޔާ އިން ކުރިއަށް ގެންދާ ކާމިޔާބު ހަރަކާތްތަކަށް މަރުހަބާ ކިޔުއްވާ ކަމަށެވެ. އަމްރު ވަނީ އެ ޖަމިއްޔާ ހިތްވަރު ދެއްވާފަ އެވެ. ކުރުނބާ މޯލްޑިވްސް ރިސޯޓުގައި އޮތް ކޮންފެރެންސް ގައި އަމްރު އަދި މީކައިލް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ދެ ދުވަހަށް ކުރިއަށް ގެންދާ ކޮންފެރެންސްގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ވާހަކަދައްކަވާފައި ވަނީ ރާއްޖޭގެ ކުޅަދާނަ އަންހެން ޑައިވް އިންސްޓްރަކްޓަރު ޒޫނާ ނަސީމެވެ.

އައިޑަބްލިއުއީއީ އަކީ އަންހެނުން ބާރުވެރި ކުރުވުމަށް މަސައްކަތް ކުރާ ޖަމިއްޔާ އެކެވެ. މިއަހަރުގެ އަންހެނުންގެ ދުވަހާ ގުޅިގެން އެ ޖަމިއްޔާ އިން ވަނީ ރާޢްޖޭގެ ހޯޕް ފޯ ވިމެން އަދި ވިމެން އޮން ބޯޑްސް ޖަމިއްޔާއާއެކު ޕާޓްނަޝިޕް ވެސް ހަދާފަ އެވެ. އިއްޔެ އެ ޖަމިއްޔާގެ ކޮންފެރެންސް ރާއްޖޭގައި އޮތްއިރު، ކޮންފެރެންސް ސްޕޮންސާ ކޮށްފައި ވަނީ އެސްޓީއޯ އިންނެވެ.
ހިޔާލު