Dharinge boahiyaa vahikamuga bappa ge zinmaa saafu kuran Dhiyana Supreme Court ah
image
ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދް-- ފޮޓޯ: ވަންއޮންލައިން
ރައްޔާން މުޙައްމަދު
2 ކޮމެންޓް
 

ދަރިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ބައްޕަގެ ޒިންމާ ސާފުކުރަން ދިޔާނާ ސުޕްރީމް ކޯޓަށް

ދަރިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ބައްޕަގެ ޒިންމާއަކީ ކޮބައިކަން ސާފުކޮށް ކަނޑައެޅުމަށް ރާއްޖޭގެ ކުރީގެ އެޓާނީ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ ވަކީލު ދިޔާނާ ސައީދު މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ދިޔާނާ އިސްކޮށް ހުންނަވައިގެން ހިންގަވާ "ކިޗަން ލީގަލް ކްލިނިކު" ގެ ފަރާތުންނެވެ. ދިޔާނާ އެދިފައި ވަނީ މިހާރު އޮތް ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާއި ބެހޭ ގާނޫނުގެ ބައެއް މާއްދާތަކުގައި ހުރި ކަންކަން ކުރުން ބައްޕަގެ މައްޗަށް ލާޒިމްވާ މިންވަރެއް ބެލުމަށެވެ.

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ދިޔާނާ ވިދާޅުވީ ދަރިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ރައްކާތެރި ޖިސްމާނީ އަދި ނަފްސާނީ މާހައުލެއް ޔަގީން ކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ދިޔާނާ ވިދާޅުވީ ތަނަވަސްކަން ނެތުމުން ބޯހިޔާވަހިކަމުގެ ކަންކަން ވެސް ގިނަ ފަހަރަށް ކުރަން ޖެހެނީ އެހެން މީހުންނާއި ގުޅިގެން ކަމަށެވެ. އެގޮތަށް އެއް ގެއެއްގައި އުޅޭއިރު އެކި ކަހަލަ މީހުން އުޅޭނެ ކަމަށާއި، މީހުންގެ މިޒާޖާއި ބަސްމަގު ތަފާތުވުމުގެ ސަބަބުން ކުދިންނަށް އޭގެ އަސަރު ކުރާ ކަމަށް ދިޔާނާ ވިދާޅުވި އެވެ.

މިހާރު ގާނޫނުގައި ދަރިންނަށް ހަރަދު ކުރަން ޖެހޭނެ ކަމަށް ބައްޕަގެ މައްޗަށް ލާޒިމްކޮށްފައިވާ މިންވަރުން ބޯހިޔާވަހިކަން ކަށަވަރު ކުރުމަކީ ދަތި ކަމެއް ކަމަށް ދިޔާނާ ފާހަގަކުރެއްވި އެވެ. އެ ސަބަބާއި ކުއްޔަށް އުޅެން ޖެހުމުގެ ނަތީޖާއަކަށް ވަނީ އެކި ތަންތަނަށް އަބަދުވެސް ބަދަލުވާން ޖެހުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކި ތަންތަނަށް ބަދަލުވާން ޖެހުމަކީ ކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށާއި ތަރުބިއްޔަތަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ ކަމެއް ކަމަށާއި، އެކަންކަމަށް އިސްކަންދޭ ނަމަ ދަރިންގެ ރައްކާތެރިކަން ކަށަވަރުވާނެ ކަމަށް ދިޔާނާ ވިދާޅުވި އެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ބެހޭ ގާނޫނުގެ 14 ވަނަ މާއްދާގައި ބުނާ ގޮތުން ކުއްޖާއަށް ކެއިން ބުއިމާއި އަންނައުނާއި ދިރިއުޅޭނެ ތަނެއް މައިންބަފައިންގެ ހާލަތު ނިޔާކުރާ ގޮތެއްގެ މަތިން އެންމެ ރަނގަޅަކަށް ކޮށްދޭން ވާނެ އެވެ.

އަދި އެ މާއްދާއާއި ޖެހިގެން އޮންނަ 15 ވަނަ މާއްދާގައި ކުއްޖާ އަށް އެކަށީގެންވާ މިންވަރަށް އުގަންނައިދީ ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށް ބުނެފައި ވެއެވެ.

ކުރީގެ އެޓާނީ ޖެނެރަލްކަން ކުރެއްވި ދިޔާނާއަކީ ކުރިން މިނިސްޓާ އޮފް ޖެންޑާ ފެމިލީ އެންޑް ހިއުމަން ރައިޓްސް ގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭކަނބަލެކެވެ.
ހިޔާލު

ކައްކާ

އިންސާނާ ކެއުމާއި ބުއިމާއި ނިދުމާއި ދަރިންދެކެ ލޯބިވުމާއި ކާންބޯންދިނުމަކީ އެއީ ގުދުރަތީގޮތުން މައިންބަފައިންގެ ޑީއެންއޭގައި ލައްވާފައިވާކަމެކޭ، ގޭގައި ގެންގުޅޭ ކުކުޅުވެސް ދަރިން ބަލަނީ ގާނޫނަކުންނޫނޭ، މާދަމާ އަނެއްކާ އަނެކަކު ޖަމިއްޔާ ހަދައިގެން ބަނޑުހައިވެފައިހުންނަމީހާ ކާންޖެހޭތޯ ބަލަން ސުޕުރީމުކޯޓަށް ދިޔައިމާ އެމެންގެ ވަގުތޭ ބޭކާރޭވާނީ.

އިހުސާނާ

މީ އެއްކަލަ ޖާނބިރުގެ އަނބިކަނބަލުން ދޯ؟ ދެން ކޮން ތުއެއް ވާކަށް ނޫހުގެ ހެޑް ލައިނަށް އަރާ ހިތުން ކަމަށް ބޮޑަށް ބެލެވެނީ! ޖާނބިރާ މީނާ އަކީ ޢެޓެންސަން ސީކު ކުރާ ބަޔެއް ކަމަށް ބެލެވެނީ!