Insurance adhi Health Care Congress Raajjeyga fashaifi
image
އިންޝުއަރެންސް އަދި ހެލްތް ކެއާ ކޮންގްރެސްގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެލައިޑް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އިންޝުއަރެންސް އަދި ހެލްތް ކެއާ ކޮންގްރެސް ރާއްޖޭގައި ފަށައިފި

އެލައިޑް އިންޝުއަރަންސާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގުޅިގެން ރާއްޖޭގައި ބާއްވާ ފެޑެރޭޝަން އޮފް އެފްރޯ-އޭޝިއަން އިންޝުއަރާސް އެންޑް ރީއިންޝުއަރާސް (ފެއާ) މެޑިކަލް އިންޝުއަރަންސް އެންޑް ހެލްތް ކެއާ ކޮންގްރެސް މިއަދު ރާޢްޖޭގައި ފަށައިފި އެވެ.
އެ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ހެނދުނު ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ބައިވެރިވެވަޑައިގެންނެވި އެވެ."އަ ވޯލްޑް އޮފް އޮޕޮޗުނިޓީޒް" ގެ ނަމުގައި އެ ކޮންފެރެންސް ބާއްވަން ހަމަޖެހިފައި ވަނީ ޖުލައި 23 އަދި 24 ގައި ޕެރެޑައިސް އައިލެންޑް ރިސޯޓްގަ އެވެ.

ފެޑެރޭޝަން އޮފް އެފްރޯ-އޭޝިއަން އިންޝުއަރާސް އެންޑް ރީއިންޝުއަރާސަކީ އޭޝިއާ އަދި އެފްރިކާ ބައްރުގެ އިންޝުއަރަންސް އަދި ރީއިންޝުއަރަންސާ ބެހޭ މައުލޫމާތު ހިއްސާކޮށް އިންޝުއަރެންސް ކުރިއެރުވުމުގެ ގޮތުން 1964 ގައި އުފެއްދި ޖަމިއްޔާއެކެވެ.

އެލައިޑުން ބުނި ގޮތުގައި އެ ކޮންފެރެންސް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުމަކީ އެ ކުންފުނީގެ ހިދުމަތްތައް ފުޅާކުރުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ.
ހިޔާލު