Leena mirey Olympuhah annanee!
image
ފިލްމު ލީނާގެ ޕޯސްޓަރެއް--
0 ކޮމެންޓް
 

"ލީނާ" މިރޭ އޮލިމްޕަހަށް އަންނަނީ!

ފިލްމު "ލީނާ" އަކީ މިހާރު ގިނަ ބަޔަކު އެ ފިލްމު ބެލުމަށް އެންމެ އިންތިޒާރު ކުރަމުން އަންނަ ފިލްމަށް ވާއިރު، މިރޭ އެ ފިލްމު އޮލިމްޕަހުގައި އަޅުވަން ތައްޔާރުވެއްޖެ އެވެ.
މަރިޔަމް އައްޒަ ލީޑު ރޯލުން ފެނިގެންދާ "ލީނާ" ގެ މަންޒަރުތައް މިދިޔަ އަހަރުގެ ކުރީ ކޮޅު ވަނީ ނަގައި ނިންމާފަ އެވެ. އެ ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ އއ. އުކުޅަހުގަ އެވެ.

އައްޒަ އާއެކު އެ ފިލްމުގައި ލީނާގެ ގާތިލް ނުވަތަ (ވިލަން) ރޯލުން ފެންނާނީ މުއާ އެވެ. މުއާ އަކީ ފިލްމުގެ ޑައިރެކްޓަރު ވެސް މެއެވެ. އޭގެ އިތުރުން ފިލްމުގައި އަލީ އާޒިމް (ދޮން އައްޔަ) އާއި ނުޒުހަތު ޝުއައިބް، މަރިޔަމް ހަލީމް ގެ އިތުރުން އަހުމަދު ސައީދާއި ޒީނަތު އަދި އަހުމަދު ނިމާލު ފަދަ ތަރިން ފެންނާނެ އެވެ.

"ލީނާ" އަކީ މީގެ އަހަރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހަނައެއްގެ ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މަރާލި އަޒްލީނާ ނަފީސްގެ މަރު އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި އޮލިމްޕަހުގައި ގާތްގަނޑަކަށް 15 ޝޯ ދެއްކުމަށް ވިސްނާފައިވާ ކަމަށް ފިލްމުގެ އުފެއްދުން ތެރިން ވަނީ ބުނެފަ އެވެ.
ހިޔާލު