JSC ge memberukamah 6 vakeelaku vaadha kuranee
image
ބާ ކައުންސިލްގެ މެމްބަރުން--
0 ކޮމެންޓް
 

ޖޭއެސްސީގެ މެމްބަރު ކަމަށް ހަ ވަކީލަކު ވާދަކުރަނީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑާއަޅާ މެމްބަރު ކަމަށް ހަ ގާނޫނީ ވަކީލެއް ކުރިމަތި ލައްވައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީގެ މެމްބަރުކަމަށް އިންތިހާބު ކުރާ މެމްބަރުކަމަށް ހަ ގާނޫނީ ވަކީލެއް ކުރިމަތި ލައްވާފައިވާ ކަމަށާއި، އެގޮތުން މިއަދު 10:00 އިން 12:00 އާ ހަމަށް ވޯޓާސް ލިސްޓްގައި ސޮއިކުރުން އޮންނާނެ ކަމަށެވެ.

މި އިންތިހާބުގައި ވާދަ ކުރެއްވޭނީ އަދި ވޯޓް ލެވޭނީ ވެސް ރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ އޮތް ފަރާތްތަކަށެވެ. އިންތިހާބުގައި ވާދަކުރާ ގާނޫނީ ވަކީލުންގެ ތެރޭގައި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ހިމެނޭއިރު، އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ގާނޫނީ ވަކީލު މަރިޔަމް ހަނީފާ ހާލިދު، އަބްދުލްމާނިއު ހުސައިން، ޖޭއެސްސީގެ މެމްބަރު ކަމުގައި މިހާރު ވެސް އިންނެވި، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅުއްވި މެމްބަރު އަބްދުލްހަންނާން އަހުމަދު، އަދި އަލީ ރަޝީދު ހިމެނެ އެވެ.
ހިޔާލު