Haaluga jehunu Lanka ge boat thah Raajjeyge sarahahdhun nikuthumah dhathuru fashaifi
image
ލަންކާގެ ބޯޓްތަކަށް އެހީ ވަމުން ދަނީ-- ފޮޓޯ: އެމްއެންޑީއެފް
ފައުޒާ މުހައްމަދު
2 ކޮމެންޓް
 

ހާލުގައި ޖެހުނު ލަންކާ ބޯޓުތައް ރާއްޖޭގެ ސަރަހައްދުން ނިކުތުމަށް ދަތުރު ފަށައިފި

ހާލުގައި ޖެހުމުން ރާއްޖޭގެ ކަނޑު ސަރަހައްދަށް ވަނުމަށް ހުއްދަ ދިން ސްރީ ލަންކާގެ ހަތް މަސް ބޯޓު ރާއްޖެ އިން ނިކުތުމަށް ދަތުރު ފަށައިފި އެވެ.
މޫސުން ގޯސްވުމާއި ގުޅިގެން ލަންކާގެ ހަތް ބޯޓު ހދ. ކުޅުދުއްފުށީ ބަނދަރަށް ވައްދާފައިވަނީ މިމަހު 21 ގައެވެ. ހާލުގައި ޖެހުނު ލަންކާގެ މަސް ބޯޓުތައް އެމްއެންޑީއެފް ކޯސްޓް ގާޑުގެ ބެލުމުގެ ދަށުން ރާއްޖެ ސަރަހައްދުން ނިކުތުމަށް މިއަދު ހެނދުނު 08:30 ހާއިރު ވަނީ ދަތުރު ފަށާފަ އެވެ.

އެގޮތުން އެބޯޓުތަކަށް ރާއްޖޭގެ ސަރަހައްދުން ނިކުމެވޭނީ މިއަދު މެންދުރު 02:30 ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފުން ބުނީ އެ ހަތް މަސް ބޯޓު ހާލުގައި ޖެހުނީ އިހަވަންދިއްޕޮޅާ ދިމާލުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރަމުން ދަނިކޮށް ކޮޅިގަނޑެއްގައި ޖެހިގެން ކަމަށެވެ.

އެ ބޯޓުތަކުން އެމްއެންޑީއެފުގެ އެހީތެރިކަމަށް އެދުމުން ވަނީ ހަމަޖެހިފައިވާ އުސޫލާ އެއް ގޮތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދީފަ އެވެ.
ހިޔާލު

އާދިލް

ކަނޑު ދޮވެލައިފި

ބަބުކެޔޮ

ކެލާއާ ދިމާބޭރުން އެތެރެވި ބޯޓްތަކެއްކަމަށް މައުލޫމާތު ލިބިފައިވޭ. އިހަވަންދިއްޕޮޅާ ދިމާކަމަށް އެއީ އޮޅުމެއްކަމަށްވޭ